ޚަބަރު

ވިލިމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި


ވިލިމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ. 

ފުލުހުން ބުނީ މިރޭ 7:45 ހާއިރު ވިލިމާލޭގައި ހިނގި މި ހާދިސާގައި ޒަހަމްވެފައިވަނީ ފިރިހެނެއްކަމަށާއި އެ މީހާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ގެންދާކަމަށެވެ. އެހެންނަމަވެސް އެނާގެ ހާލު ސީރިއަސް ނޫންކަމަށް  ފުލުހުން ބުނެއެވެ. 

މި ހާދިސާގައި ޒަހަމްވި މީހާގެ އެއްވެސް ތަފްސީލެއް  ފުލުހުން ހާމަކޮށްފައެއްނުވެއެވެ. މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް  ފުލުހުން ބުނެއެވެ.