ޚަބަރު

އެމްއެންޔޫއިން ޖަޕާނު ބަސް ކިޔަވާދިނުމުގެ އަގުވަޒަންކޮށްފި


ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއިން ޖަޕާނު ބަސް ކިޔަވައިދިނުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށް ޖަޕާނު އެންބަސީއިން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއަށް ހަދާނީ ލިއުމެއްދީފިއެވެ.

ޤައުމީ ޔުނިވަރސިޓީއަށް މިލިޔުން ހަވާލު ކުރެއްވީ ޖަޕާނާ ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ ފަންސާސް އަހަރު ފާހަގަކުރުން ފާހަގަ ކުރުމަށާއި ޖަޕާނުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ޖަޕާން އެންބަސީއިން އިންތިޒާމް ކޮށްގެން މިރޭ ހޮޓެލް ޖެންގައި ބޭއްވި ހާޢްސަ ރަސްމިއްޔާތު ގައެވެ. އެމްއެންޔޫއަށް ހަދާނީ ލިޔުންދެއްވީ ވޭތުވެދިޔަ 35 އަހަރު ރާއްޖޭގައި ޖަޕާނު ބަސް ކިޔަވައިދިނުމަށް ތަފާތު ކޯސްތައް ހިންގާފައިވާތީއެވެ. ހަދާނީލިއުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް އާއި ހަވާލު ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަ ސަފީރު ކަޒޫމީ އެންދޯއެވެ.  

މީގެ އިތުރުންވެސް މިރަސްމިއްޔާތުގައިވަނީ ފޮރިން މިނިސްޓްރީގެ ފޮރިން ސާރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)ގެ ފަރާތުން ނެރޭ ފޮސިމް ކުއާޓަލީގެ ހާޢްސަ އަދަދެއް ނެރެފައެވެ. ފޮސިމް ކުއަޓަލީއަކީ ރާއްޖެ ޚާރިޖީ ގުޅުންތަކަށް ހާޢްސަކޮށް ނެރޭ މަޖައްލާއެކެވެ. މިފަހަރުގެ ފޮސިމް ކުއަޓަލީ ޚާއްސަ ކޮށްފައިވަނީ ރާޢްޖެއާއި ޖަޕާނުގެ 50 އަހަރުވީ ޚާރިޖީ ގުޅުމުގެ މައްޗަށެވެ. މީގެ އިތުރުންވެސް ދެޤައުމުގެ މެދުގައި ގުޅުން ޤައިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޖަޕާނުގެ ޕޯސްޓުން ނެރިފައިވާ ހާޢްސަ ސްޓޭމްޕް ސެޓެއްވެސް ވަނީ ނެރެފައެވެ.