ޚަބަރު

އިމްރާން ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ރަގަޅަށް


އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ ބާރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ހުކުމްކޮށްފައިވަނީ ރަގަޅަށްކަމަށް ކަނޑައަޅާ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމްކޯޓުން ނިންމައިފިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ އިމްރާން ބާރަ އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ސޯޅަވަނަދުވަހުއެވެ. މި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ދަށުކޯޓްގެ ހުކުމް ދެމެހެއްޓުމަށް ނިންމީ މިދިޔަ އޭޕްރިލް މަހުގެ ތޭވީސްވަނަދުވަހުއެވެ.

ހައިކޯޓްގެ ނިންމުން އިސްތިއުނާފްކުރުމަށް އިމްރާންގެ ޤާނޫނީ ޓީމުން ހުށައެޅި މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމްކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ އެ މައްސަލައަށް ސުޕްރީމް ކޯޓުން ބެލިއިރު އެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަގަޅު ނޫންކަމަށް ބަލަންޖެހޭ އެއްވެސް އަސާސެއް ނެތްކަމަށެވެ. އަދި ހައިކޯޓްގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ސުޕްރީމްކޯޓްގެ ނިންމުމުގައިވެއެވެ.