ޚަބަރު

ގެވެށި އަނިޔާ ހުއްޓުވުމާބެހޭ ތަމްރީން ޕްރޮގްރާމް ނިމިއްޖެ


ގެވެށިއަނިޔާ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތުގެ ދަށުން ކަމާބެހޭ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒްކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިމިއްޖެއެވެ. 

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ 'ޓްރެއިނިން އޮފް ޓްރެއިނާޒް ޕްރޮގްރާމް އޮން ކޮންބެޓިން ޑޮމެސްޓިކް ވައިލަންސް' އަކީ އެފް.ޕީ.އޭއާއި ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ ޔޫ.އެން.ޑީ.ޕީއިން ރާއްޖެއަށް ކަޑައަޅުއްވާފަ ހުންނަވާ މަންދޫބު ޝޯކޯ ނޯޑާއެވެ. ސެޓްފިކެޓް ދިނުމުގެ ހަފްލާގައި ޝޯކޯ ނޯޑާ ވިދަޅުވީ، މިފަދަ ތަމްރީންތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި ކުރެވޭ މަސައްކަތުން ގެވެށި އަނިޔާފަދަ ކަންކަން ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދަނެކަމަށެވެ.

ތަމްރީން ޕްރޮގްރާމްގައި ފުލުހުންނާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަނުން ބޭފުޅުން ބައިވެރިވިއެވެ. 

ތަމްރީންގެ ބައިވެރިންނަށް ގެވެށިއަނިޔާގެ މައްސަލަތައް ބެލުމުގައި ސަމާލުކަންދޭންވާ ކަންކަމާއި މަސައްކަތްކުރާނެ ގޮތް ބުނެދީ ތަމްރީން ކުރީ ޔޫ.އެން.ޑީ.ޕީގެ ކޮންސަލްޓަންޓް ޝެރީ ރެންޑަޒަލްއެވެ. މިޕްރޮގްރާމްގައި ރާއްޖޭގެ 10 މުއައްސަސާއަކުން 24 ބައިވެރިން ބައިވެރިވިއެވެ.