ޚަބަރު

ފަތުވާދިނުމާގުޅޭ ޚާއްސަ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަނީ


ފަތުވާދޭ މަޖިލިސްތަކާއި ފަތުވާ ދިނުމާއި ނެރުމުގައި އަމަލުކުރާނެ ގޮތްތައް ދެނެގަތުމަށްޓަކައި ފަތުވާދޭ އެންމެ މަތީ މަޖިލީހުން އިސްނަގައިގެން ޚާއްސަ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ. މި ކޮންފަރެން އަންނަ މާރޗް މަހު ބާއްވަން މަސައްކަތްކުރަމުންދާކަމަށް ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެއެވެ. މިއަހރ އެ މަޖިލީހުން ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަންތައްތަކުގެ މައޫލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނައިބްރައީސް އައްޝައިހް އަޙްމަދު އިބްރާހީމް ވިދާޅުވީ މިއަހަރު އެ މަޖިލީހުން ޚާއްސަކަންތައްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށެވެ. އެގޮތުން ޚާއްސަ ސަމާލުކަމެއްދީގެން އަންނަ މާޗްމަހު ފަތުވާ ނެރުމާއި، ދިނުމުގެ ކޮންފަރެއްސެއް ބެއްވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އައްޝައިހް އަޙްމަދު އިބްރާހީމް ވިދާޅުވީ މި ކޮންފަރެންސަކީ އިސްލާމީ ބައެއް ޤައުމުތަކުގައި ފަތުވާދޭ މެންބަރުންނާއެއްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސެއްކަމަށެވެ. އަދި މި ކޮންފަރެންސްގ ތެރެއިން ފަތުވާ ނެރުމާ ދިނުމުގެ ހުނަރުތައް ލިބިގެންދާނެކަމަށާއި  މުޖުތަމައުގައި އިލްމުވެރިންގެ ގޮތުގައި ތިބި  މީހުންނަށް ފަތުވާގެތެރެއަށް ވަނުމަށްބޭނުންވާނެ އިރުޝާދުތައް ލިބިގެންދާނެކަމަށެވެ.

"މި ކޮންފަރެންސްގައި ޢިލްމީ ބަހުސް ކުރެވި، ދިރާސާތައް ކުރެވި އެކަންކަމުގެ މަޢުލޫމާތު ލިބިގެންދާނެ. ދުނިޔޭގެ ހުނަރުވެރި، ތަޖުރިބާ ލިބިފައިވާ މީހުންނާއި ފަތުވާދޭ މަޖިލިސްތަކުގެ މެންބަރުންނާ އެއްކޮށް ވަގުތު ހޭދަކުރުމުގެ ސަބަބުން ވަރަށްގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ." އައްޝައިހް އަޙްމަދު އިބްރާހީމް ވިދާޅުވިއެވެ.'

މިއަހރު އެ މަޖިލީހުން ކުރިއަށްގެންދިޔުމަށް ރާވާފަހުރި ހަރަކާތްތަކުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގުމާއި، މިހާތަނަށް ނެރިފައިވާ ފަތުވާތައް އެއްފޮތެއްގައި ނެރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބޭރުގެ ފަތުވާދޭ މަޖިލިސްތަކުން މައުލޫމާތު ހިއްސާކުރުމާއި  ރާއްޖޭގައި ހުރި ދީނީ މައްސަލަތައް ދިރާސާކުރުމަށްވެސް ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ނިންމާފައެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީސް އުފައްދާފައިވަނީ 2016 ވަނަ އަހަރުއެވެ. އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ ޒިންމާ އަކީ ދީނީ ގޮތުން ހިޔާލްތަފާތުވުން އުފެދޭ ކަންކަމުގައި ގޮތް ނިންމާ އެފަދަ ކަންކަމުގައި އިރުޝާދު ދިނުމެވެ.