ޚަބަރު

"ރައީސް ޔާމީންނަށް ތާޢީދުކުރަނީ ކަންތައްތައް ކޮށްދެއްވާތީ"


މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނަށް ރައްޔިތުން ތާޢީދުކުރަނީ ރައްޔިތުންނަށްޓަކާ ކަންތައްތައް ކޮށްދެއްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ފާތިމަތު އިބްރާހިމް މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެރަށުގައި ބޭއްވި ޚަފްލާގައި ވާހަކަދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ. އަދި މިހާރު ދައުލަތުގެ ބަޖެޓަށް ބަލާލުމުންވެސް އެކަން ދޭހަވާނެ ކަމަށް މޫސާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީން ވައުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަވާނެކަމަށެވެ.

އިދިކޮޅު އެމް.ޑީ.ޕީ އުފެދުނީއްސުރެ އެޕާޓީގައި މުހިންމު މަސައްކަތްތައް ކުރައްވާ ޕާޓީގެ ޗެއަރޕާސަންކަންވެސް ކުރެއްވި މޫސާ މަނިކު ވަނީ މިޙަފްލާގައިވެސް އެމް.ޑީ.ޕީ އަށާއި ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. އަދި އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުންވެސް ވައްކަމާއި ޚިޔާނާތުގެ ވާހަކަ ދެއްކިކަމަށާއި ނަމަވެސް އެކަން އެ ސަރުކާރުތަކުން ނުބައްލަވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިހާރު ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީގައި، ޚާއްޞަ ފަރިއްކޮޅަކާއެކު މިރޭ ބޭއްވި ޚަފްލާގައި ވަޒީރުންނާއި ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނާއި ކުޅުއްދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.