ކުޅިވަރު

ޑިއޭގޯ ކޮސްޓާ އެތްލެޓިކޯގެ ފުރިހަމަ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ


 
އަނިޔާގެ ސަބަބުން އެތްލެޓިކޯގެ މުހިންމު މެޗްތަކުގައި ނުކުޅެވޭނެކަމަށް ހީވެފައި އޮތްނަމަވެސް ކޮސްޓާ އެތްލެޓިކޯގެ ފުރިހަމަ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ.


 
ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އެތްލެޓިކޯގެ ސީޒަނުގެ ފަހު މެޗްތަކުގައި ކޮސްޓާއަށް ނުކުޅެވިދާނޭކަމަށް ބެލެވިފައި އޮއްވާ ކޮސްޓާ އެތްލެޓިކޯގެ ފަރިތަކުރުންތަކުގައި ބައިވެރިވެމުން އެތްލެޓިކޯގެ ގިނަ ސަޕޯޓަރުންތަކެއް ތިބީ ހިތްހަމަޖެހިފައެވެ.


 
ލަ ލީގާގެ އެންމެ ކުރީގައި އޮތް އެތްލެޓިކޯއަށް ލީގާއެކު މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ތަށި އުފުލުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ.


 
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެތްލެޓިކޯއަށް ބައްދަލްކުރަންޖެހިފައިވަނީ އެއް ރަށެއްގެ ވާދަވެރި ޓީމް ރެއާލް މެޑްރިޑާއެވެ.


 
 
 


މި ސީޒަނުގެ ލަ ލީގާގާއި ހަތާވީސް ގޯލް ޖަހާފައިވާ ޑިއޭގޯ ކޮސްޓާ ފަރިތަކުރުންތަކުގައި ބައިވެރިވިނަމަވެސް މިރޭ ލަ ލީގާގައި މަލާގާޔާ އެއްކޮށް ކުޅޭ މެޗުގައި ކޮސްޓާ ނުކުޅޭނެކަމަށް ރިޕޯޓްތަށް ބުނެއެވެ.