ޚަބަރު

އެޗް.އާރު ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިއުމަންރިސޯސަސް ދާއިރާއަށް ޚާއްސަކޮށްގެން ބާއްވާ އެޗް.އާރު ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މިސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 3ވަނަ ދުވަހުދަރުބާރުގޭގައެވެ. އެޗް.އާރު ސަމިޓަކީ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ބިސްނަސްއެގްޒެކްޓިވުންނާއި އެޗް.އާރު ޑިރެކްޓަރުންނާއި އެޗް.އާރު ދާއިރާގައިމަސައްކަތްކުރާ އެހެނިހެން ފަރާތްތައް ބައިވެރިވާ އެއްދުވަހުގެ ކޮންފަރެންސެކެވެ.

މިސަމިޓުގެ ތެރެއިން ރާއްޖޭގެ ވިޔާފާރިތަކާއި އޮފީސްތައް އިތުރަށް ކުރިއެރުވުމާބެހޭގޮތުން މަޝްވަރާތައް ކުރާނެއެވެ. އަދި އެޗް.އާރު ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ފަހަނައަޅައި ދާނެ ގޮތްތަކާ، އެޗް.އާރު ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެއެވެ. 

މިސަމިޓުގައި އެޗް.އާރު ދާއިރާގެ ފާހަގަކޮށްލެވޭ ލީޑަރުންނާއި އެކްސްޕާޓުންގެ  ސްޕީޗްތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެޗް.އާރު ސަމިޓުގައިބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެޗް.އާރު މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރުވަނީ އާންމުކޮށް ހުޅުވާލާފައެވެ.