ކުޅިވަރު

ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި އަފްޣާނިސްތާން ސެމީއަށް





 


އޭއެފްސީ ޗެލެންޖްކަޕްގައި ލާއޯސް ޕޮއިންޓެއް ހޯދައި، ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި އަފްޣާނިސްތާން ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.


 
ގްރޫޕް ސްޓޭޖްގެ ފަހު މެޗުން ލާއޯސް ޕޮއިންޓެއް ހޯދީ އަފްޣާނިސްތާނާއި ވާދަކޮށް މެޗު އެއްވަރުކޮށްގެންނެވެ. މެޗު ނިމުނީ ލަނޑެއް ނުޖެހިއެވެ.


 
މިނަތީޖާގެ ސަބަބުން އަފްޣާނިސްތާނަށް ސެމީފައިނަލްގެ ފުރުޞަތު ލިބުނީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެއީ އެއް މެޗުން މޮޅުވެ ދެމެޗު އެއްވަރުކޮށްގެން ލިބުނު ފަސް ޕޮއިންޓާއެކުއެވެ.


 
 


ސެމީފައިނަލްގައި އަންނަ އަންގާރަ ދުވަހު ހަވީރު އަފްޣާނިސްޠާން ވާދަކުރަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ފަލަސްޠީނާއެވެ.