ކުޅިވަރު

ބޮޑު ސްކްރީން ހަރުކޮށްގެން އެތައް ހާސް ދިވެހިންނެއް މެޗް ބަލައިފި





 


އޭއެފްސީ ޗެލެންޖް ކަޕް ސެމީފައިނަލްގައި ރޭ ރާއްޖެ ކުޅުނު މެޗް އެކި ސަރަޙައްދު ތަކުގައި ބޮޑު ސްކްރީން ހަރުކޮށްގެން އެތައް ހާސް ދިވެހިންނެއް ބަލައިފިއެވެ.


 
ޗެލެންޖް ކަޕް ސެމީފައިނަލްގައި ރޭ ފިލިޕީންސް އަތުން ތިން ލަނޑު ދެ ލަނޑުން ރާއްޖެ ބަލިވި މެޗް ބެލުމަށްޓަކައި ދަނޑަށް ނުވަދެވުނު މާލޭގައި ދިރިއުޅޭ އެތައްހާސް ސަޕޯޓަރުންނެއް ވަނީ މެޗް ބެލުމަށްޓަކައި ސަރުކާރުން މާލޭގެ އެކި ސަރަޙައްދު ތަކުގައި ހަރުކޮށްފައިވާ ބޮޑު ސްކްރީން ތަކުންނާ އަދި އަމިއްލަ ފަރާތްތަކުން ހަރުކޮށްފައިވާ ބޮޑު ސްކްރީން ތަކުގައި މެޗް ބަލާފައެވެ. މާލޭގެ ރާޅުގަނޑު ސަރަޙައްދާ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިތުރުން ސޯސަލް ސެންޓަރުގައި ވަނީ ގިނަ އަދަދެއްގެ ބަޔަކު ބޮޑު ސްކްރީނުން މެޗް ބަލާފައެވެ.


 
 


މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ އިތުރުން ލަންކާގައިވެސް ވަނީ ދިވެހިން އުޅޭ ސަރަޙައްދު ތަކުގައި ބޮޑު ސްކްރީން ހަރުކޮށްގެން ރޭ ރާއްޖެ ކުޅުނު ސެމީފައިނަލް މެޗް ބަލާފައެވެ.