ޚަބަރު

ކަނބަލުންގެ ލޯން ލިބޭ ފަރާތްތަކަށް ޖޫންމަހު ފައިސާ ދޫކުރަން ފަށަނީ

ކަނބަލުންނަށް ޚާއްސަކޮށްގެން ހުޅުވާލި ލޯން ސްކީމުން ލޯން ލިބޭ ފަރާތްތަކަށް އަންނަ ޖޫންމަހު ފައިސާ ދޫކުރަން ފަށާނެކަމަށް
އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.
ކަނބަލުންނަށް ޚާއްސަކޮށްގެން އިކޮނަމިކް މިނިސްޓްރީން ކުރިއަށްގެންދާ މި ސްކީމަކީ ރާއްޖޭގައި އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަ ކޮށްގެން ހުޅުވާލި ލޯން ސްކީމެކެވެ.
މި ސްކީމްގައި އަލަށް ފަށަން ބޭނުންވާ ވިޔަފާރިތަކާއި ރަޖިސްޓްރީކޮށް ހިނގަމުން އަންނަ ވިޔަފާރިތަކަށްވެސް ބައިވެރިވެވޭނެއެވެ.
އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތަޢުފީޤު ވިދާޅުވީ ފެބްރުއަރީ މަހުގައި ހުޅުވާލި މި ޕްރޮގްރާމަށް ހަތަރުސަތޭކަ ހަތްދިހަ އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. ތަޢުފީޤު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމުގެ މަސައްކަތްކަމަށާއި، އެ މަސައްކަތުގެ ދަށުން މިހާރު ފަންސާސް އިންސައްތަ ނިންމާ ބީއެމްއެލްއާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި ލޯން ލިބޭ ފަރާތްތަކަށް ޖޫންމަހު ލޯން ދޫކުރާނެކަން ތަޢުފީޤު ވިދާޅުވިއެވެ.
"ލޯން ޕްރޮގްރާމަށް އެދި ހުށައެޅުމަށް ފުރުޞަތު ހުޅުވާލުމުން 470 އެޕްލިކޭޝަން ލިބިފައިވޭ. މިހާރު އޭގެ ތެރެއިން 50 އިންސައްކަތް އެޕްލިކޭޝަންތައްވަނީ އިވެލުއޭޓްކުރުމަށްފަހު ބީއެމްއެލް އަށް ހަވާލުކޮށްފަ. މި ލޯން ލިބޭފަރާތްތަކަށް ޖޫންމަހުގެ ނިޔަލަށް ލޯނު ހަވާލުކުރެވޭނެ."
ކަނބަލުންނަށް ޚާއްސަ މި ލޯން ސުކީމުގައި ފަންސާސްހާސް ރުފިޔާއިން ފެށިގެން ދެލައްކަ ރުފިޔާއި ހަމަޔަށް ލޯން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މިލޯނަށް ހުށައަޅާއިރު 15 ޕަސެންޓުގެ އިކުއިޓީ ބަހައްޓަންޖެހެއެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އާއި ގުޅިގެން ކުރިޔަށް ގެންދާ މި ލޯނު ސްކީމުގެ ޖުމްލަ އަދަދަކީ ވިހި މިލިޔަން ސާޅިސް ހަހާސް ރުފިޔާއެވެ. ލޯންގެ އިންޓްރެސްޓް ރޭޓްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނުވަ ޕަސެންޓްއެވެ.

"

އާދަމް ތަޢުފީޤު ވިދާޅުވިއެވެ.