ޚަބަރު

އެމްއެންޑީއެފްގެ 126 ވަނަ އަހަރީ ދުވަހާއި ގުޅިގެން އައްޑޫސިޓީގައި ދުވުމެއް ބާއްވަނީ


ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުގައި ދުވުމެއް ބާއްވަން ނިންމައިފިއެވެ.

އެމް.އެން.ޑީއެފް ސަދަން އޭރިއާއިން އިންތިޒާމު ކޮށްގެން ބާއްވާ މި ދުވުން އިންތިޒާމް ކޮށްފައިވަނީ 3 ބަޔަށް ބަހާލައިގެންނެނެވެ. އެގޮތުން 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުމެއްގެ އިތުރުން 5 ކިލޯމީޓަރުގެ ޓީމް އިވެންޓެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް ސަދަން އޭރިޔާއިން ބުނެއެވެ. އަދި ޓީމް އިވެންޓުގައި ބައިވެރިވެވޭނީ 5 ދުވުންތެރިންގެ ޓީމަކަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ހިތަދޫ ފަޔާރ ސްޓޭޝަނަށް ނުވަތަ ގަމު ކޯޒުވޭ ސަރަހައްދުގައި ހުންނަ ކޯސްޓްގާޑް ޔުނިޓަށް ފޯމު ހުށައެޅުމަށް އެމްއެންޑީއެފް އިން އެދެއެވެ. ފޯމުތަށް ހުށައަޅަން ޖެހޭނީ މިމަހުގެ 09 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދުވުމުގެ ކޮންމެ އިންވެންޓަކުން ފިރިހެން އަދި އަންހެން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފަވެއެވެ. އަދި ޓީމް އިވެންޓުގައިވެސް ވަނަ ހޮވާނެއެވެ. އެމްއެންޑީއެފްއިން ވަނީ މިދިޔަ އަހަރުވެސް މި ދުވުން އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފައެވެ.