ދަތުރުކުރަމުންދިޔަ އާގު ބޯޓެއްގައި އޮތް ބަލިމީހަކު ސިއްޙީ ފަރުވާއަށް އައްޑޫސިޓީ ފޭދޫއަށް ގެންގޮސްފިއެވެ.
ޖަޕާނުގެ ނަގޯޔާ ބަނދަރުން ފުރައިގެން ސައުތު އެފްރިކާގެ ޕޯޓް ކެލަންގއަށް ދަތުރުކުރަމުންދިޔަ ޖަރުމަންވިލާތުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑުމީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައިވަނީ މިރޭ 19:00 އެހާއިރުގައެވެ. މި ބަލި މީހައަކީ އުމުރުން 41 އަހަރުގެ ޔޫކްރެއިންގެ ރައްޔިތެކެވެ.
ސިފައިން މިބަލިމީހާ ނަގާފައިވަނީ އައްޑޫސިޓީ ގަމާއި 12 މޭލު ބޭރުގައެވެ. ޑޮކްޓްރުންގެ ޓީމަކާއިއެއްކޮށް ސިފައިން މި ބޯޓުއޮތް ސަރަހައްދަށްގޮސް ބަލިމީހާ ނަގައި ފޭދޫއަށް ގެނެސްދީފައިވަނީ މިއަދު ހަވީރު 17:00 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.