ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ބާއްވަން ހަމަޖެހިފައިވާ ދުވުން މި މަހުގެ 5 ވަނަ ދުވަހު އޮންނާނެއެވެ.
އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި ދުވުން ފަސްކުރީ އައްޑޫސިޓީގައި މޫދަށް އެރި އުޅުނު ދެއް ކުއްޖަކު ގެއްލުމުން އެ ދެ ކުދިން ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާއިން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމާއި ގުޅިގެންނެވެ.
މި ދުވުމަކީ ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ދުވުމެކެވެ. މި ދުވުމަށް ކަނޑައެޅިފައިވާ ކެޓަގަރީ ތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރުގެ ދުވުމާއި، 5 ކިލޯ މީޓަރުގެ ޓީމު އިވެންޓެވެ. ޓީމު އިވެންޓްގައި ބައިވެރިވެވޭނީ 5 ދުވުންތެރިންގެ ޓީމަކަށެވެ.
ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ބާއްވާ މި ދުވުމުގައި 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރގެ ބައިން އެއްވަނަ އަށް ދާ އަންހެން ފިރިހެން ބައިވެރިންނަށް ހާއްސަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ތިންވަންވެސް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަންހެން، ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ އެވެ. ޓީމު އިވެންޓުން ވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދުވުން އޮންނާނީ ހަވީރު 16:00 ގައެވެ.