އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މަގާމުން ވަކިކުރުމަށް އެކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އޭނާ މަގާމުން ވަކިކޮށްފައިވަނީ މަސައްކަތް ވަޒަންކުރުމަށްފަހުގައެވެ. އެހެންނަމަވެސް މިކަމާއި ބެހޭ ގޮތުން ކޮމިޝަނުން އެއްވެސް މަޢުލޫމާތެއް ނުދެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އާސިމް އައްޔަން ކޮށްފައިވަނީ ދެހާސް ބާރަވަނަ އަހަރުގައެވެ.