ޚަބަރު

މިއަދަކީ ޙައްޖުމަހުގެ 1 ވަނަ ދުވަސް، ޢަރަފާތު ދުވަހަކީ މިމަހުގެ 20 ވަނަ ދުވަސް


މިއަދަކީ މިއަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަސްކަމަށާއި، މިއަހަރުގެ ޢަރަފާތު ދުވަހަކީ އޯގަސްޓު މަހުގެ 20 ވާ ހޯމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެ މިނިސްޓަރީ މިކަން އިޢުލާންކުރީ ރޭ ޞަޢޫދީޢަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން 12 އޯގަސްޓަކީ މިއަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައެޅުމާ ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޢިއުލާންގައި، ޙައްޖުމަހުގައި ދިވެހިން ހެޔޮ ޢަމަލުކުރުމަށް ބާރުއަޅައި، ޙައްޖުމަހުގެ ދުވަސްތަކަކީ އަމާން ދުވަސްތަކެއް ކަމަށް ހެދުމަށް ބާރުއަޅާފައިވެއެވެ.

މިއަހަރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގެ ހަވާލުގައި ޙައްޖު ގެ އަޅުކަން އަދާކުރުމަށްޓަކައި ފުރަތަމަ ގްރޫޕް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޞަޢޫދީޢަރަބިއްޔާއަށް ފުރާފައެވެ. އެ ކޯޕަރޭޝަނުން ބުނީ ޙައްޖުވެރިންގެ 2 ވަނަ ގްރޫޕް މިއަދު ޙައްޖަށް ފުރުމަށް ހަމަޖެހިފައިވާކަމަށެވެ. ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ އެ ކޯޕަރޭޝަން ގެ ޗެއަރމަން މުޙައްމަދު ރަޝީދު ޢިބްރާހީމް ރަޝީދު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޙައްޖު ދުވަހަކީ އޯގަސްޓު މަހުގެ 20 ވަނަ ދުވަސްކަމަށްވާއިރު، މިއަހަރު ގެ އަޟްޙާ ޢީދު ދުވަހަށްވާނީ މިމަހުގެ 21 ވާ އަންގާރަ ދުވަހެވެ.