ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކަށް ޚާއްސަ މެޑިކަލް ކޭމްޕެއް އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ބާއްވައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މިމެޑިކަލް ކޭމްޕުގައި ގިނަ ޢަދަދެއްގެ ޢާންމުން ބައިވެރިވެފައިވެއެވެ. "އޭޑީކޭ ކަމްސްޓު ސައުތް" މިނަމުގައި ކުރިއަށްގެންދާ މި މެޑިކަލް ކޭމްޕު މެދުވެރިކޮށް ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާހޯދާ ފަރާތްތަކަށް އެކަމަށް ޚާއްސަ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުޞަތު މުޅިން ހިލޭ ލިބިގެންދާނެއެވެ.
މީގެ އިތުރަށް މެޔާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ހިލޭ ޓެސްޓްތައް ހެދޭނެކަމަށްވެސް އޭޑިކޭއިން ބުނެއެވެ. މިމެޑިކަލް ކޭމްޕްގައި އޭޑީކޭގެ ތަޖުރިބާކާރު ތިން ޑޮކްޓަރަކު ފަރުވާދެއެެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޝަންސް ކޯޑިނޭޓަރ ހަނީފާ ޢަބްދުލްޤާދިރު ވިދާޅުވީ މި މެޑިކަލް ކޭމްޕަށް ގާތްގަޑަކަށް ދުއިސައްތަ އެއްހައި މީހުން ތިން ދުވަސްތެރޭގަ ރެޖިސްޓަރީ ކޮށްފައިވާކަމަށާ، އޭގެ ތެރެއިން ސްކްރީންކޮށްފައި އެންމެގިނައިން ރެޖިސްޓަރ ކޮށްފައިވަނީ ހިތުގެ ބަލިތަކަށް ފަރުވާހޯދުމަށް ކަމަށެވެ.
އައްޑޫސިޓީއަށް އަމާޒުކޮށްގެން މިފަދަ މެޑިކަލް ކޭމްޕެއް ބޭއްވުމުގެ މައިގަނޑު ސަބަބަކީ އައްޑޫއަކީ އަބާދީގެ ގޮތުން ބޮޑު ސިޓީއަކަށް ވެފައި، މާލެއާ ދުރު ހިސާބެއްކަމަށްވާތީ ފަސޭހަކަމާއިއެކު އޭޑީކޭއިން
އޭޑީކޭގެ ފަރާތުން ބުންޏެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމެޑިކަލް ކޭމްޕުގައި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އޭޑީކޭގެ ޚާއްސަ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު އަދިވެސްވަނީ ހުޅުވާލެވިފައެވެ. އެޑީކޭއިން ބުނީ ކުރިއަށްއޮތްތާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މިފަދަ މެޑިކަލް ކޭމްޕްތައް ބާއްވާނެކަމަށެވެ. މިއީ އައްޑޫގައި އެޑީކޭއިން މެޑިކަލް ކޭމްޕެއް ބޭއްވި ފުރަތަމަ ފަހަރެވެ.