ސިޔާސީ

ވޯޓްދޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި


ބ.ދޮންފަނު ކައުންސިލްގެ ބައި-އިލެކްޝަންގައި
ވޯޓްދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު
އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.



އެކޮމިޝަނުން ވަނީ އަންނަ ބުރާސްފަތި
ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ދޮންފަނު
ކައުންސިލްގެ ބައި އިލެކްޝަންގައި ވޯޓްދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް
ސަރުކާރުގެ ގެޒެޓްގައާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގެ އިތުރުން މިބައި
އިލެކްޝަން ނިސްބަތްވާ ކައުންސިލް އިދާރާގައި އާއްމުކޮށް ފެންނާނެހެން ވަނީ
އާއްމުކޮށްފައެވެ.



މީގެ އިތުރުން އެކޮމިޝަނުން ވަނީ މި
ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ އަށާވީސްވަނަ
ދުވަހާއި ހަމައަށް ހުޅުވާލާފަ. ބައި އިލެކްޝަންގެ ވޯޓް ނެގުން އޮންނާނީ އަންނަ
ޖެނުއަރީ މަހުގެ އެއްތިރީސް ވަނަދުވަހު ހެނދުނު އަށަކުން ފެށިގެން
ހަވީރުހަތަރަކަށެވެ. އަދި ވޯޓްގުނަން ފަށާނީ ހަމަ އެދުވަހު ވޯޓްނަގާ ނިމޭތާ ތިރީސް
މިނިޓް ފަހުންނެވެ.



ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ
އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ މަހުގެ ތިންވަނަ ދުވަހު ކަމަށް
އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.