ކުޅިވަރު

ފުވައްމުލަކު ވިމެންސް ކްރިކެޓް ޝިލްޑް މުބާރާތުގެ ގްރޫޕް ސްޓޭޖް ގެ ދެވަނަ މެޗު ވޯރިއަރސް ކާމިޔާބުކޮށްފި


ފުވައްމުލަކު ވިމެންސް ކްރިކެޓް ޝީލްޑް މުބާރާތުގެ ގްރޫޕް ސްޓޭޖް ގެ ދެވަނަ މެޗު ވޮރިއަރސް ކާމިޔާބުކޮށްފިއެވެ.

މިމެޗުން ވޮރިއަރސް މޮޅުވީ ޝައިނިންގް ސްޓަރ އާއި ވާދަކޮށް 101/6 ވިކެޓާއި 101/1 ވިކެޓްގެ ތަފާތަކުންނެ އެޓީމު ބަލިކޮށްގެންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވިފައި ވަނީ ވޮރިއަރސް ޓީމުގެ ސުހާއާއި ނާހޫ އެވެ. މިމެޗުގައި އެއްމެ ގިނަ ލަޑު ހަދާފައި ވަނީ ޝައިނިންގް ސްޓާރސްގެ ކެޕްޓަން ކަމުގައިވާ ހަނީ އެވެ. މިމެޗުގައި ހަނީ ވަނީ 33 ވިކެޓް ހަދާފައެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ވާދަކޮށްފާވަނީ ޝައިނިންގ ސްޓާރސް އާއި ރަސްރަނިންނެވެ. މިމެޗުން ރަސްރަނިންގެ ޓީމު މޮޅުވީ 65/1 ވިކެޓާއި 64/9 ވިކެޓްގެ ތަފާތަކުންނެވެ. ގްރޫޕް ސްޓޭޖުގެ ތިންވަން މެޗު ވެސް މިއަދު ކުޅެން ވަނީ ހަމަޖެހިފައެވެ. މި މެޗުގައި ބައްދަލު ކުރާނީ ވޮރިއަރސް އާއި ރަސްރަނިންނެވެ.

އަފުން ފުވައްމުލައް ކްރިކެޓް އެކަޑަމީ އާއި ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތަކީ މިމަހުގެ 18 އިން މިހުގެ 24 ގެ ނިޔަލަށް ކުރިށް ގެންދާ މުބާރާތެކެވެ.