މިނިސްޓަރ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އަމިއްލަ
ދަތުރުފުޅެއްގައި ފުރާވަޑާއިގަންނަވާތީ، އެމިނިސްޓްރީ ވަގުތީގޮތުން ހިންގެވުމަށް
މިނިސްޓަރ އޮފް ޓޫރިޒަމް އަޙުމަދު އަދީބު އަބްދުލްޣަފޫރާ ރައީސުލްޖުމްހޫރިއްޔާ
ޙަވާލުކުރައްވައިފިއެވެ.
އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވަގުތީގޮތުން
ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓްރީ އޮފް ހެލްތު ވަގުތީގޮތުން ހިންގެވުން ވަނީ
މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދާއި
ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައެވެ.