ޚަބަރު

ސަރުކާރުގެ 3 ވިޔަފާރި ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފި


ކ-ވ މުޙައްމަދު ރިޒްވީ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، ހުސައިން އަމްރު، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް އާޒިމް، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ

ސަރުކާރުގެ 3 ވިޔަފާރި ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވީ، މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރެއްވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ އާއި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ، އެމް.ޑަބްލިޔު.އެސް.ސީ އަދި އައިލެންޑް އޭވިއޭޝަން ސަރވިސްއަށްކަމަށެވެ.

އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރކަމަށް އައްޔަންކުރެއްވީ ހުސައިން އަމްރު މުޙައްމަދެވެ. އަމްރުއަކީ މީގެ ކުރިން ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމާއި، އެމްޓީސީސީގެ ސީއީއޯ ގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެސްޓީއޯ މެނޭޖިންގ ޑިރެކްޓަރކަމަށް އައްޔަންކުރެއްވި ހުސައިން އަމްރު މުޙައްމަދު

އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް އައްޔަންކުރެއްވީ އާދަމް އާޒިމްއެވެ. އާޒިމްއަކީ މީގެކުރިން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް އައްޔަންކުރެއްވި އާދަމް އާޒިމް

އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކުރެއްވީ ގަލޮޅު ޔުރޭނަސް މުޙައްމަދު ރިޒްވީއެވެ. އޭނާއަކީ މީގެ ކުރިން މޯލްޑިވިއަން ހޮލިޑޭސްގެ ހެޑްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް އައްޔަންކުރެއްވި ގަލޮޅު ޔުރޭނަސް މުޙައްމަދު ރިޒްވީ

ސަރުކާރުގެ ބައެއް ވިޔަފާރި ކުންފުނިތަކަށް މީހުން އައްޔަންކުރިއިރު މީގެ ކުރިން ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުން ވަކިކޮށް އައު ބޭފުޅުން އައްޔަންކުރައްވާފައެވެ. އެގޮތުން ދިރާގުގެ ޗެއަރމަނަކަށް އިއްޔެ ވަނީ އެ ކުންފުނީގެ ކުރީގެ ސީއީއޯ އަލީ ވަހީދު އައްޔަންކުރައްވާފައެވެ.