އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ މެސެޖް"، ދީނީ ދަރުސްތަށް ފަށައިފިއެވެ.ދަ މެސެޖް ދަރުސް ސިލްސިލާ އިފްތިތާހް ކޮށްދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު އަލީ. ރޭ އަލިމަސްކާނިވާ ސްޓޭޖްގައި ފުރަތަމަ ދަރުސް ދެއްވީ ޝައިހް އާދަމް ޝަމީމް އިބްރާހީމްއެވެ."ޤައުމާއި މެދު އަހަރެމެންގެ މަސްޢޫލިއްޔަތު" މިނަމުގައި ރޭ ބޭއްވި ދަރުހުގައި ޝައިހް ވަނީ ޒުވާނުން މަގުފުރެދެން ދިމާވާ ސަބަބު ތަކަށް އަލި އަޅުއްވާ ވާހަކަފުފުޅު ދައްކަވާފައެވެ. އަދި ބޮޑުވަމުން އަންނަ ދަރީން ރަނގަޅު މަގުން ގެންދިއުމަށް ޓަކައި ބެލެނިވެރީންގެ އިތުރުން މުޖުތަމަޢުގެ ޒިންމާއާއި ސަރުކާރާއި އެނޫންވެސް މުޢައްސަސާތަކުގެ ޒިންމާގެ މައްޗަށް ޝައިހް އާދަމް ޝަމީމް ވާހަކަފުޅުދެއްކެވިއެވެ.ޝައިޚް ވިދާޅުވީ ހަރާމެއް ހަލާލެއް ބެލުމެއްނެތި ޒުވާނުން ބޭނުންވާހައި ކަމެއް ކޮށްދީ ޒުވާނުން ބޭނުންވާހައި އެއްޗެއް ހޯދައިދޭން ނުޖެހޭ ކަމަށެވެ. މީގެ އިތުރުން ﷲ އާއި ރަސޫލާއަށް އުރެދުމަށް އަމުރު ނުކުރާހާ ހިނދު ވެރިންނަށް ކިޔަމަން ވުމަށް ޤުރުއާނުގައި އަންގަވާފައިވާ އެންގެވުމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.މިދަރުސް އަޑުއެހުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ކާނިވާ ސަރަހައްދަށް އެއްވި ނަމަވެސް ޝެއިޚް ވިދާޅުވީ އެއީ އުފާކުރަންޖެހޭވަރުގެ ކަމެއްނޫންކަމަށާއި އެއްލައްކަ މީހުން ދިރިއުޅޭ މާލޭގައި މިސްކިތަށް އަރާމީހުން މަދުކަމުން ހިތާމަކުރައްވާކަމަށެވެ.ވިދާޅުވީ ގައުމުގެ އެންމެ އިސްވެރިމީހާއާއެކު ﷲ އިލްމުވެރިން ލައްވާފައިވާކަމަށާއި އިލްމުވެރިން ކަންކަން އޮންނަގޮތް ބަޔާންކޮށްދީގެން އެމީހުން މަސްއޫލިއްޔަތު އަދާކުރަންޖެހޭނެކަމަށެވެ.މި ސިލްސިލާ ދަރުސް ތަކުގެ ތެރެއިން، ކޮންމެ މަހަކުވެސް ރާއްޖޭގެ ނުވަތަ ރާއްޖޭން ބޭރުގެ ކޮންމެވެސް ދީނީ ޢިލްމުވެރިއެއްގެ ދަރުސްއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ޖޫންމަހުގެ ނިޔަލަށް ދަރުސް ދެއްވާނެ ޝައިހުންގެ ނަންތައް މިނިސްޓްރީން ރޭވަނީ އާންމު ކޮއްފައެވެ.މި ސިލްސިލާގެ އަންނަ މަހުގެ ދަރުސް ދެއްވާނީ ޔޫރަޕިއަން ދައުވާ ފައުންޑޭޝަންގެ ރައީސް އަރްނޫދް ވަންދޫންއެވެ.