ސިޔާސީ

ކުރީގެ ދެ ރައީސުންނާއި ރައީސުލް ޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކުރީގެ ދެރައީސުންކަމަށްވާ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމާއި، ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކާއި މިއަދު ބައްދަލުކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ވަކިވަކިން އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއޔާ ވަނީ، ޤައުމީ ތަރައްގީގެ އެކިއެކި މަޝްރޫޢުތަކާއި، ސިޔާސީ މަޝްރަހު މިހާރު އޮތްގޮތާއި ގުޅޭހޮތުން ދެބޭފުޅުންނާއި މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.މިބައްދަލުކުރެއްވުމުވައި ކުރީގެ ރައީސް މަޢުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތަށް ފޯރުކޮށްދިނުމުގައި ޕާޓީގެ ފަރާތުން ދެންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވަމުންގެންދަވާނެކަމަށް ވިދާޅުވިއެވެ.ޕީޕީއެމްގެ ރައީސާއި ރައީސް އަބްދުﷲ ޔާމީން މިބައްދަލުކުރެއްވީ އެޕާޓީގެ މެމްބަރެއްގެގޮތުގައި ހުންނެވި އެމަނިކުފާނުގެ ސަރުކާރުގެ ބާރުގަދަ ޑިފެންސް މިނިސްޓަރ މަގާމުން ވަކިކުރެއްވުމުން ސިޔާސީގޮތުން ތަފާތުގޮތްގޮތަށް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ތަރައްޤީއަށްޓަކައި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލަވައި އެކަމަށްޓަކައި ރައީސް ޔާމީނަށް ތައުރީފްކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ. އަދި ސަރުކާރުން އެދިވަޑައިގެންނެވި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިކަމުގައިވެސް ރައީސް އޮފީހުންބުނެއެވެ.