ސިޔާސީ

އެމްޑީޕީއާއި ޖޭޕީގެ ހަރަކާތަކީ ތަރައްގީއަށް ހުރަސްއެޅުން-ޕީޕީއެމް


ޤާނޫނު އަސާސީ ޙިމާޔަތް ކުރުމުގެ ނަމުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ ގުޅިގެން ފަށާފައިވާ ހަރަކާތަކީ، ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅުމަށް ފަށާފައިވާ ހަރަކާތެއްކަމަށް ޕީޕީއެމްއިން ބުނެފިއެވެ.އެމްބީސީ ނިވްސް އަށް މައުލޫމާތު ދެއްވަމުން ޕީޕީ އެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅު ޕާޓީ ތަކުގެ އެންމެ ބޮޑު ބޭނުމަކީ އިގްތިސާދީ ހަރަކާތް ތަކަށް ހުރަސް އެޅުމުގެ އިތުރުން އަވަސް ގޮތަކުން ވެރިކަން ހޯދުން ކަމަށެވެ. އަދި މިހާތަނަށް ޕިޕީއެމްގެ ސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފަށް ކޮށްފައިވާ އެއްވެސް ކަމެއް އިދިކޮޅު ފަރާތް ތަކަށް ދެއްކިފައި ނުވާކަމަށްވެސް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް މަސައްކަތް ކުރާކަމަށްބުނަމުންދާ އެމްޑީޕީގެ ވެރިކަމުގައި އެފަދަ އެތައް ކަމެއް ކޮށްފައިވާފައިވާކަމަށާ އެފަދަ ބަޔަކަށް ގާނޫނު އަސާސީ ހިމާޔަތް ކުރެވޭނެކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.ގާނޫން އަސާސީއާއި ސަރކާރުން ޚިލާފްވަމުންދާކަމަށް އިދިކޮޅު ޖުމްހޫރީ ޕާޓީއާއި އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް މީގެކުރިން ސަރުކާރުންވެސް ވަނީ ރައްދުދީފައެވެ. ރައީސް އޮފީހުން ބުނެފައިވަނީ ސަރުކާރުން ގާނޫން އަސާސީއާއި ޚިލާފަށްކޮށްފައިވާ ކަމެއް މިހާތަނަށް ރައްޔިތުންނަށް ދެއްކިފައިނުވާކަމަށާއި އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ރާއްޖޭގައި މިހާރު ގާއިމުވެފައި އޮތް ހަމަޖެހުން އަނެއްކާވެސް ނަގައިލައި ރައްޔިތުންނަށް ރައީސް ޔާމީން ވެފައިވާ ވައުދުތައް ފުއްދަމުންދަވަމުންދާތީ އެކަން ހުއްޓުވޭތޯ ބެލުންކަމަށެވެ.