ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.ނާޒިމްގެ ޤާނޫނީ ވަކީލާ އާޒިމާ ޝަކޫރު ވިދާޅުވީ ނާޒިމް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށްޓަކާ ފުލުހުންނަށް ސިޓީއަކުން ދެންނެވުމުން، ނާޒިމްގެ ޕާސްޕޯޓް އިއްޔެގެ ވަގުތެއްގައި ހިފައްހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ ދާދިފަހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ފުލުހުން ބަލާ ފާސްކުރުމަށްފަހު ނުރައްކާތެރި ހަތިރާރު ފެނިފައިވާ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.ނަމަވެސް ނާޒިމްގެ ޕާސްޕޯޓް ހިފަައްޓާފައިވާ ކަމަށް ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ ދާދިފަހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ފުލުހުން ބަލާ ފާސްކުރުމަށްފަހު ނުރައްކާތެރި ހަތިރާރު ފެނިފައިވާ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.ނަމަވެސް ނާޒިމްގެ ޕާސްޕޯޓް ހިފަައްޓާފައިވާ ކަމަށް ރަސްމީ އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.