ކުޅިވަރު

މާޒިޔާގެ ޒުވާން ޓީމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރާ މާޒިޔާގެ ޒުވާން ޓީމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ ފެބްރުއަރީ މަހު ފަށާ މުބާރާތުގައި ވާދަކުރާ މާޒިޔާގެ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ހުޅުވާލިއިރު، ސެލެކްޝަން ޓްރަޔަލްސް އޮންނާނީ އަންނަ ހޯމަދުވަހުގެ ހަވީރު މާފަންނު ޓާރފް ދަނޑުގައެވެ. ޔޫތް ޗެމްޕިއަންޝިޕް ބޭއްވި ހުރިހާ އަހަރެއްގައިވެސް މާޒިޔާއިންވަނީ ވާދަކޮށްފައެވެ.
މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ށ.ފޯކައިދޫ، ކުލަބު ގްރީން ސްޓްރީޓްސް އަދި ކުލަބު އީގަލްސްއިންވެސްވަނީ ފަރިތަކުރުންތައް ފަށާފައެވެ. އަދި އެކުލަބުތަކުންވެސް އަންނަނީ ޔޫތް ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށް ސެލެކްޝަން ޓްރަޔަލްސްތައް ބާއްވަމުންނެވެ.
ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކުލަބު ގްރީން ސްޓްރީޓްސްއެވެ.