ކުޅިވަރު

ޔުނައިޓެޑަށް ހުރިހާ މެޗެއް ވެސް ކާމިޔާބު ކުރެވޭނެ - ސޯލްޝަޔާ


މެންޗެސްޓާރ ޔުނައިޓެޑަށް ސީޒަނުގެ ބާކީހުރި ހުރިހާ މެޗެއް ވެސް ކާމިޔާބު ކުރެވޭނެ ކަމަށް ޓީމުގެ ކޯޗު އޮލޭގުނާ ސޯލްޝަޔާ ބުނެފިއެވެ.
ނަތީޖާ ގޯސްވުމުން ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރުމަށްފަހު ވަގުތީ ގޮތުން ކޯޗުކަން ހަވާލުވި ކުރި ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ޝޮލްޝަޔާއާއި ޓީމް ހަވާލްކޮށް އޭނާވަނީ ޓީމު ހަމައަކަށް އަޅުވާށެވެ.
ޝޮލްޝަޔާ ބުނީ ޕްރެމިއާ ލީގުގައި މިހާތަނަށް އޭނާގެ ކޯޗުކަމުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވުމުން ދެންހުރި މެޗުތަކުން މޮޅުވާން އުއްމީދު ކުރާ ކަމަށެވެ.
"މިފެންވަރުގެ ޓީމަކަށް އަންނާނީ މޮޅުވާން. ހަތަރު މެޗުން މޮޅުވީމަ ދެން އޮންނަ މެޗުން ވެސް ކާމިޔާބު ކުރަން ވަކިން ބޮޑަށް އުއްމީދު ކުރާނެ. ޓީމު އޮތީ މޮޅުވެވޭނެ ހާލަތުގައި،" ސޯލްޝަޔާ ބުންޏެވެ.
ޔުނައިޓެޑުން މިހާރު ދަނީ އަންނަ ސީޒަނަށް އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުން. ކޯޗަކަށް ގެނެސްފާނެ ކަމަށް ބެލެވޭ އެންމެ މުހިންމު ކޯޗުންނަކީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާނާއި ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯއެވެ.
އެފްއޭއެކަޕްގެ މެޗަށް ފަހު ޔުނައިޓެޑުން އަބޫދާބީގައި ކޭމްޕް ކުރަން ވަނީ ހަމަޖައްސާފައި. ސޯލްޝަޔާ ބުނީ މިއީ ޗުއްޓީ ދަތުރެއްނޫން ކަމަށާއި ވަރަށް ސީރިއަސް ތަމްރީނުތަކެއް ކުރިއަށްދާނެ ކަމަށެވެ.