ސިޔާސީ

ހޯމް މިނިސްޓަރ އުމަރު ނަސީރު ޖޭޕީން ވަކިވެޑައިގެންނަވައިފި


ހޯމް މިނިސްޓަރ އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެޑައިގެންނަވައިފިއެވެ.އުމަރު ނަސީރު ވިދާޅުވީ އޭނާ ޖޭޕީން ވަކިވެޑައިގަތީ ގާނޫނު އަސާސީ ހިމާޔަތްކުރުމުގެ ނަމުގައި ޖުމްހޫރީ ޕާޓީން އެމްޑީޕީއާއި ގުޅުމުންކަމަށެވެ.އެމްޑީޕީއަކީ ގާނޫނޫ އަސާސީން ބޭރުން މަސައްކަތް ކުރާނެކަމަށް ބުނެ  އެކަންކޮށްފައިވާ ބައެއްކަމަށް ތުހުމަތުކުރައްވައި އުމަރު ނަސީރު ވިދާޅުވީ އެފަދަ ޕާޓީއަކާއި ޖޭޕީން ގުޅުނު ހިސާބުން  އެ ޕާޓީގައި ނުހުރެވޭނެކަން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އަރިހު ވިދާޅުވެފައިވާނޭކަމަށެވެ.ރައިސް ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސޮލަޓަކަށް ހޯމް މިނިސްޓަރުކަމަށް ވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވީ ޖޭޕީން ވަކިވެވަޑައިގެންނެވިނަމަވެސް އެހެން ޕާޓީއަކާއި ގުޅިވަޑައިގަތުމުގެ ވިސްނުންފުޅު އަދި ނުގެންގުޅުއްވާކަމަށެވެ.