ސިޔާސީ

ރައީސްގެ އިސްތިއުފާއަށް ގޮވާލާ އެމްޑީޕީ/ޖޭޕީއިން އިހްތިޖާޖުކޮށްފި


ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލައި މާލޭގެ ބައެއް މަގުތަކުގައި، އެމް.ޑީ.ޕީއާ ޖުމުހޫރީ ޕާޓީން އިހްތިޖާޖްކޮށްފިއެވެ.އުސްފަސްގަނޑުން ފެށިމި ހިންގާލުމުގެ ކުރީސަފުގައި އެމް.ޑީ.ޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ހުންނެވިއިރު، ޖޭ.ޕީގެ ލީޑަރ ގާސިމް އިބްރާހީމްވެސް ހިނގާލުމާއި ވަކި ހިސާބަކުން ގުޅިވަޑައިގެންފައިވެއެވެ. މިހިގާލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް ޔާމީނު ވެރިކަމަށް ވަޑައިގަތީ އިއްތިހާދަކުން ކަމަށާއި އެ އިއްތިހާދު ރޫޅިގެން ދިއުމުން އެ މަނިކުފާނުގެ ވެރިކަމުގެ ސައްހަކަން ކެނޑިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލެއްވިއެވެ.އެމްޑީޕީގެ ލީޑަރުން މިއެއްވުމުގައި ވިދާޅުވީ މިއެއްވުމަކީ ފެށުމެއްކަމަށް ހަދަންވީކަމަށެވެ. އަދި ފެބްރުއަރީ ހަތާވީސްވަނަ ދުވަހު ރައްޔިތުން އެކަން ސާބިތުކޮށްދިނުމަށްވެސް އެބޭފުޅުން އެދިވަޑައިގަތެވެ.މި ހިންގާލުން ނިންމާލާފައިވަނީ ލޯކަލްމާރުކޭޓް ސަރަހައްދަށެވެ. އެސަރަހައްދަށް ހިންގާލުމުގެ ބައިވެރިން ޖަމާވުމާއެކު އެވަގުތު އެތަނުގައި މަގުބަންދުކުރަން ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ކައިރީގައި ހިންގާލުމުގެ ބައެއް ބައިވެރިންނާއި ފުލުންހުންނާދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއްވަނީ ހިންގާފައެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކަށް ހާނިއްކަވެފައެއްނުވެއެވެ.ލޯކަލް މާރުކޭޓް ސަރަހައްދުގައިވެސް ހިންގާލުމުގެ ބައިވެރިންވަނީ، ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ ކަންކަމަށް ވަރަށް ބޮޑަށްފާޑުކިޔާފައެވެ.