ސިޔާސީ

ޓެރަރިޒަމްގެ ދައުވާއެއްގައި ކުރީގެ ރައީސް ނަޝީދު ހައްޔަރުކޮށްފި


ޕްރޮސެކިއުޓަރ ޖެނެރަލް
އުފުލި ޓެރަރިޒަމްގެ ކުށުގެ ދައުވާއަކާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު
ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުންގެ ބެލުމުގެ ދަށުން
ދޫނިދޫއަށް ނަޝީދު ގެންގޮސްފައިވާކަމަށްވެސް ޚަބަރުލިބެއެވެ.  ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ
ދައުވާ ކުރުމަށް ޕީޖީން މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުއްވީ، 2012 ވަނަ އަހަރު ކްރިމިނަލް
ކޯޓްގެ އިސްގާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރި މައްސަލައިގައެވެ.
މިމައްސަލާގައި ކުރިން ޕީޖީ ދައުވާކުރެއްވީ އެހެން ބޭފުޅުންގެ މައްޗަށްވެސް
ޓެރަރިޒަމްގެ ކުށުގެ ދައުވާ މިއަދު އުފުއްލަވާފައިވެއެވެ. އޭގެތެރޭގައި ކުރީގެ
ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނެރަލް
ރިޓެޔަޑް މޫސާއަލީ ޖަލީލުވެސް ހިމެނިވަޑައިގަންނަވައެވެ.

ފުލުހުންގެ ބެލުމުގެ
ދަށަށް މިއަދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދިޔައީ އެމަނިކުފާނު
ދިރިއުޅުއްވާ ގެ މާފަންނު ޔާގޫތުގެއިންނެވެ.

 ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ
ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އެސަރަޙައްދުގައި ތިބި ބައެއް ފުލުހުންނާ
ޢާއްމުންނަށް ހާނިއްކަވިކަމަށް އެސަރަހައްދުގައި ހުރި އެމްބީސީގެ ރިޕޯޓަރ ބުނޭ. ފުލުހުން
މިކަމާގުޅޭ ގޮތުން އަދި އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

އެހެންނަމަވެސް ނަޝީދު
ފުލުހުންގެ ވެހިކަލުގައި ފުލުސް އޮފީހާއި ދިމާއަށް ގެންގޮސް ލޯންޗެއްގައި ދޫނިދުއަށް
މިހާރުވަނީ ގެންގޮސްފައެވެ.











އެމްބީސީގެ ރިޕޯޓަރ ބުނީ
ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާ ހަތަރެއްޖަހާއިރަށް
ކްރިމިނަލް ކޯޓްގައި ޝެޑިއުލްކޮށްފިކަމަށް ކޯޓް އޮފިޝަލުންގެ ފަރާތުން
ޔަގީންވެފައިވާކަމަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލް މިމައްސަލަ ކްރިމިނަލް ކޯޓަށް
ވެއްދުމާއެކު ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު އޭނާގެ މަސްލަހަތު
ހިމެނޭ މައްސަލައަކަށް ވާތީ ޗުއްޓީ ނަންގަވާފައިވާކަމަށްވެސް ކޯޓް އޮފިޝަލުންގެ
ފަރާތުންވަނީ އެގިފައެވެ.