ސިޔާސީ

މުޒާހަރާ ނިންމާލިކަން އިއުލާން ކުރުމަށްފަހުވެސް މުޒާހަރާ ކުރިއަށް


ެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އިން މިއަދު ބޭއްވި މުޒާހަރާ އިރު އޮއްސި ހަޔެއްޖެހުމާއިއެކު ހުއްޓާލިކަން އިއުލާންކޮށް ފުލުހުންނަށް އެކަން އަންގާފައިވީނަމަވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް އެމުޒާހަރާގެ ބައިވެރިން އެއްވެ ބައެއް ކަހަލަ ހަމަނުޖެހުންތަކެއް ހިނގަމުންދާކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުންބުނީ މިހާރު މުޒާހަރާގެ ބައިވެރިން ހިންގާ ކަންތައްތަކަކީ ޕާޓީތަކުން ޒިންމާވާ ކަންތައްތަކެއް ނޫންކަމަށާއި އެއީ އެކަންކުރާ ފަރާތްތަކުގެ ފަރުދީ ޒިންމާއެއްކަށް ބުނެފައިވުމާކަމަށާއި ފުލުހުންނާއި ދިމާއަށް ފުޅިއާއި އެނޫންވެސް އެއްޗެހި އުކާހަދަމުންދާކަމަށެވެ. އަދި އުކާ އެއްޗެހިން ޖެހި ދެނޫސްވެރިއަކަށް ހާނިއްކާވެފައިވާކަމަށްވެސް ފުލުހުންބުނެއެވެ.އެހެންކަމުން މުޒާހަރާ ހުއްޓާލީކަމަށް ނުބެލެވޭކަމަށްވެސް ފުލުހުންބުނެއެވެ.