ރާއްޖޭގެ ސިޔާސީ
މަސްރަހް ބައިނަލް އަގުވާމީ މުޖްތަމައަށް ސާފުކޮށްދިނުމަށްޓަކައި ސަރުކާރުގެ
މަތީފެންވަރުގެ ވަފްދެއް ސްރީލަންކާގައި ތިއްބެވި ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރައްވަމުން އެބަގެންދަވައެވެ.
މިވަފްދުގައި
އެޓަރނީ ޖެނެރަލް މުހައްމަދު އަނިލްއާއި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު
ހުސައިން ޝަރީފާއި ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން
ހުސައިންމަނިކާއި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ ޒާހިޔާ ޒަރީރް
ހިމެނިވަޑައިގަންނަވައެވެ.
މިވަފްދުގެ ބޭފުޅުން
ކޮޅުނބުގައި މިއަދު އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ރަޝިޔާއާއި ޤަތަރުގެ ޑިޕްލޮމޭޓުންނާއި
ބައްދަލުކުރައްވާފައިވެއެވެ.
ސަރުކާރުގެ ވަފްދެއް
ކޮޅޮނބުގައި ހަރަކާތްތެރިވަމުން މިދަނީ އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ
އިސްބޭފުޅުންގެ ވަފްދެއް މިދިޔަ ހަފްތާގައި ކޮޅުނބަށް ޒިޔާރަތްކޮށް ޑިޕްލޮމެޓުންނާއި
ބައްދަލުރައްވާފައިވަނިކޮށެވެ.