ޚަބަރު

ދިވެހިންނާއި އިންޑިޔާ މީހުންގެ ސަޤާފަތް ދައްކުވައިދިނުމުގެ ގޮތުން ހަރަކާތެއް ބާއްވައިފި


އިންޑިޔަން ކަލްޗަރަލް ސެންޓަރުގައި އިންޑިޔާއާއި ރާއްޖޭގެ ސަޤާފަތް ދައްކުވައިދިނުމުގެ ގޮތުން ޙާއްސަ ޙަރަކާތެއް ބާއްވައިފިއެވެ.
ރިޕޯރޓް
އިންޑިޔާއާއި ރާއްޖޭގެ ސަޤާފަތް ދައްކުވައިދިނުމުގެ ގޮތުން ބޭއްވި މިޙަރަކާތުގައި ދެ ޤައުމުގައި ކައިވެނީގެ ހަފްލާތައް ކުރިއަށް ދާ ގޮތާއި ދެ ޤައުމުގެ އާދަކާދައާއި ސަޤާފަތް ދައްކުވައިދީފައިވޭއެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ބޭއްވި މި ޙަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަޙްމަދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާހުންނަވާ ސަފީރު އަކިލޭޝް މިޝްރާގެ އަބިކަނބަލުން ރީތީ މިޝްރާއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނަޑައާޅުއްވާފައި ހުންވާ ސަފީރުގެ އަނބުކަނބަލުންނަކީ ދެޤައުމުގެ ޘަޤާފަތް ދިރުވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގައި 3 އަހަރު ހޭދަކުރެއްވުމަށްފަހު އެނބުރިވަޑައިގަތުމަށްޓަކާ ބޭއްވި ވަދާޢީ ހަރަކާތްތައް ނިންމުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަނބިކަނބަލުން ރީތީ މިޝްރާ ވިދާޅުވީ ރާއްޖޭގެ ޘަޤާފަތް ދައްކުވައިދޭގޮތަށް ކައިވެނީގެ ޙަފްލާއެއް ފެނިގެންދިޔަ މިއީ ފުރަތަމަ ފަހަރުކަމަށާއި ރާއްޖޭގައި އޮތީ ކައިވެނިކުރުމުގެ މުއްސަނދި ޘަޤާފަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގައި ބައިވެރިވި ބައިވެރިން ބުނެފައިވާ ގޮތުގައި މިފަދަ ޙަރަކާތެއް ބޭއްވުމުން ވަރަށް ބޮޑަށް ދެ ޤަޢުމުގެ ސަޤާފަތް އެނގިގެން ދިޔަ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް މިފަދަ ޙަރަކާތް ބާއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. މި ޙަރަކާތް ނިންމުމަށް ފަހު ހަރަކާތްތަކުގައި ބައިވެރިވި ބައިވެރިންނަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން ވަނީ ހަނދާނީ ލިޔުމެއްވެސް ދީފައިއެވެ.
އޮންކެމް