ސިޔާސީ

އެމްޑީޕީން ކަނޑުމަތީގައި މުޒާހަރާކޮށްފި


ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ބަންދުން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ކަނޑުމަތީގައި މުޒާހަރާ ކޮށްފިއެވެ.ކަނޑު އުޅަނދުފަހަރުގައި ޓީޖެޓީސަރަހައްދުން ފެށި މި މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލާފައެވެ. އަދި އުޅަނދުފަހަރަށް ހުއްދަދީފައި ވާއަދަދަށް ވުރެ އިތުރަށް މީހުން ނޭރުމަށްވެސް ފުލުހުން އިލްތިމާސް ކޮއްފައިވެއެވެ.ކަނޑުމަތީގެ މުޒާހަރާގެ ބައިވެރިން ޓީޖެޓީއިން ނައްޓާލުމަށް ފަހު މިސްރާބު ޖެހީ ދޫނިދޫއާއި ދިމާއަށެވެ. ނަމަވެސް މެރިން ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑް ގުޅިގެން އެސަރަހައްދު ބަލަހައްޓަމުންގެންގޮސްފައިވެއެވެ