ކުޅިވަރު

އެއާ އިންޑިއާ ޓީމުން ރަޢީސް ޞާލިހުގެ ޓީމުވެސް ބަލިކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ އެގާރައާއި ވާދަކުރި މެޗުވެސް އެއަރ އިންޑިޔާގެ ކުރިކެޓް ޓީމް ކާމިޔާބުކޮށްފިއެވެ.

އިންޑިޔާ މޯލްޑިވްސް އެކުވެރިކަމުގެ ކްރިކެޓް ސީރީސްގައި ރައީސް ސޯލިހުގެ ޓީމާއި ވާދަކޮށް އެއަރ އިންޑިޔާގެ ޓީމް މެޗު ކާމިޔާބުކުރީ އަށް ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ރައީސް ސޯލިހުގެ ޓީމް ގަސްތުކުރީ ބެޓް ކުރުމަށެވެ.

ރައީސް ސޯލިހުގެ ޓީމް ކުޅެން އަރާ 18 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ދެ ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 46 ބޯޅައިން 64 ލަނޑު ހެދި، ކްރިކެޓު ބޯޑުގެ ރައީސް މުޙައްމަދު އަފްލާހުއެވެ.

އިންޑީޔާގެ ޓީމުން ކުޅެން އަރާވަނީ 15 އޯވަރުގެ ތެރޭގައިވަނީ 143 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. އިންޑިޔާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 40 ހެދި ތާރިގު ރަހްމާނާއި، 29 ލަނޑު ހެދި ސުކްވިންދަރު ސިންގ އެވެ.

މި މެޗުގައި އިންޑިޔާގެ މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ޔޫވްރާޖް ސިންގވަނީ ކުޅެފައެވެ. ހަތަރު އޯވަރު ރާއްޖޭގެ އިނިންގްސްގައި އޭނާ އުކިއިރު، ފަނަރަ ލަނޑު ހަދާފައެވެ. ޔޫވްރާޖްގެ ވިކެޓް ނެގި ކުޅުންތެރިޔަކީ ކުރީގެ މަޝްހޫރު އުކުންތެރިޔާ ނީޝާމް އެވެ.

މި މެޗަށްފަހުވަނީ މި އެކުވެރިކަމުގެ ސީރީސްއަށް އެކި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ދީފައެވެ.