ކުޅިވަރު

ޤައުމީ ޓޭބަލް ޓެނިސް މުބާރާތް އަންނަ މަހުގެ ދިހަވަނަ ދުވަހު ފަށަނީ


58ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް އަންނަ މަހުގެ ދިހަވަނަ ދުވަހު ފަށަން ތާވަލްކޮށްފިއެވެ.

ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ކުރިން އެސޯސިއޭޝަނުން ވަނީ ޤައުމީ ޓީމްގެ ރޭންކިންގ މެޗުތައްވެސް ކުޅެން ތާވަލްކޮށްފައެވެ. މިގޮތުން މާޗް 6ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫނިއަރ ރޭންކިންގ މެޗުތަކެވެ. ސީނިއަރ ޕްރީ ކޮލިފައިން ރޭންކިންގ ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 7ވަނަ ދުވަހުއެވެ.

ސީނިއަރ ރޭންކިންގ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ އަށްވަނަ ދުވަހާއި ނުވަވަނަ ދުވަހުއެވެ. އަދި 58ވަނަ ޤައުމީ ޓޭބަލްޓެނިސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މާޗް ދިހަޔަކުން ސާދައަށެވެ.

ޤައުމީ ޓޭބަލް ޓެނިސް މުބާރާތް ނުބޭއްވި ލަސްވަމުންދަނީ ޓީޓީ މުބާރާތް ބޭއްވުމަށް ސޯސަލް ސެންޓަރުގެ އިންޑޯ ހޯލް ލިބުމުގައި ދަތިތަކެއް ހުރުމުންނެވެ. އެއީ ބާސްކެޓް ބޯޅަ އެސޯސިއޭޝަން ކަޕާއި ވޮލީބޯޅަ އެސޯސިއޭޝަން ކަޕް ބޭއްވުމަށް އިންޑޯ ދޫކުރަން ޖެހުމުންނެވެ. އަދި މީގެ އިތުރުން މިހާރު ޓީޓީ ކުޅޭ، މުނިއުފާ ޔޫތް ސެންޓަރުވެސް މަރާމާތަށް މިހާރުވަނީ ބަންދުކުރެވިފައެވެ.