ޤައުމީ މަންހަޖު މުރާޖަޢާ ކުރުމަށް ބޭއްވި މަހާސިންތާގައި ފާޅުކުރި ޚިޔާލުތަކާއެކު ސިޔާސަތު އެކުލަވާލުމުގެ މަރުޙަލާގައި ކުރަންޖެހޭ މަޝްވަރާތައް ކުރުމަށްފަހު، މަންހަޖަށް ބަދަލުގެންނަ ޖެހިއްޖެނަމަ އެބަދަލު ގެންނަވާނެކަމަށް އެޑިއުކެޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޤައުމީ މަންހަޖު މުރާޖަޢާކުރުމަށް ބޭއްވި މަހާސިންތާގައި ވަނީ އެކިދާއިރާތަކުން ގިނަ ކަރުދާސްތަކެއް ހުށަހަޅާފައެވެ. 2015ވަނަ އަހަރު ތަންފީޒުކުރަން ފަށާފައިވާ ޤައުމީ އައު މަންހަޖު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމަށް ޙައްލު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މިމަހާސިންތާގައި ވަނީ އައު މަންހަޖުގައި ޙާސިލުކުރަން ބޭނުންވާ 8 އަސާސަށް ވާޞިލުވެވޭ މިންވަރު ދެނެގަނެ އެކަންކަމުން ނުކުންނަ ނަތީޖާތަކާމެދު ވަނީ މަޝްވަރާކޮށްފައެވެ. މަހާސިންތާގެ ބައިވެރިންވަނީ މަންހަޖު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ހުށަހަޅާފައެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިމަހާސިންތާ ނިންމާލުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ، ކޯރޑިނޭޓަރ އާނިޔާ ޢަލީ ވިދާޅުވީ މިމަހަސިންތާއަކީ މިމަންހަޖު މުރާޖަޢާ ކުރުމަށް ފެށި ފުރަތަމަ މަސައްކަތްކަމަށެވެ. އާނިޔާ ވިދާޅުވީ މިމަހާސިންތާގެ ބައިވެރިން ފާޅުކޮށްފައިވާ ޚިޔާލުތަކާއެކު ކުރިއަށްއޮތް ތަނުގައި ޤައުމީ ލެވެލްގައި ނުވަތަ ސިޔާސަތު އެކުލަވާލުމުގެ މަރުޙަލާގައި މަޝްވަރާކުރެއްވުމަށްފަހު ބަދަލުތަކެއް ގެންނަން ޖެހިއްޖެ ޙާލަތެއްގައި އެކަންވެސް ކުރައްވާނެކަމަށެވެ.
" މިމަޝްވަރާ ބައްދަލުވުމުން ލިބުނު މައުލޫމާތުގެ އަލީގައި މަޝްވަރާކުރެވެންޖެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު ބަދަލުގެނައުމަށް ޖެހިއްޖެނަމަ އެކަމަށް ބާރުއަޅާ މުސްތަގްބަލުގައި އެ ބަދުލަތއް ގެންނާނެކަމަށް އުއްމީދުކުރަން" އާނިޔާ ޢަލީ ވިދާޅުވިއެވެ.
މިމަހާސިންތާގައި ޤައުމީ މަންހަޖު މުރާޖަޢާ ކުރުމާމެދު ބައިވެރިން ވަނީ ތަފާތު ޚިޔާލުތައް ހުށައަޅާފައެވެ.
މިގޮތުން ދަރިވަރުންނަށް ކިޔަވއިދޭންޖެހޭ ވަގުތު ކުޑަކަން ފާހަގަކޮށްފައިވާއިރު ކްލާސްރޫމްތަކުގައި ދަރިވަރުންގެ ޢަދަދު ގިނަވުމުގެ ސަބަބުން މުދައްރިސުންނަށް ކިޔަވައިދިނުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަން ވަނީ ފާހަގަކޮށްފައެވެ. އަދި ތަންފީޒީ މަރުހަލާގެ ބައެއް މުވައްޒަފުންގެ ތަޖުރިބާ ނެތްކަން ފާހަގަކޮށް ބައިވެރިންވަނީ ވަކިވަކި މާއްދާތަކަށް އިތުރު އެހީ ހޯދައިދިނުމަށް އެދިފައެވެ.
މި މަހާސިންތާގައި ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ކީނޯޓް ސްޕީޗްދީ ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. ތަޖުރިބާކާރުން ދެއްވި ކީނޯޓުގައި އަލި އަޅުވާލި ބައެއް ކަންތައްތަކުގެ ތެރޭގައި ފުރތަމަ ކިޔަވައިދޭން ފަށާއިރު މާދަރީ ބަސް ބޭނުންކުރުމާއި ތަރައްޤީއަށް ބޭނުންވާ މީހުން އުފެއްދުމަށް ތަޢުލީމީ ދާއިރާ ހަރުދަނާކުރުންފަދަ ކަންކަން ވަނީ ހިއްސާކޮށްފައެވެ.
ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ މިމަހާސިންތާއަކީ އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފާއި ކޭމްބްރިޖް ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ސްކޫލް ބޯޑު މެމްބަރުންނާއި ބެލެނިވެރިންނާއި އަމިއްލަ ސްކޫލްތަކާއި ކޮލެޖްތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކުން މި މަހާސިންތާގައި ބައިވެރިވިއެވެ.
ޤައުމީ މަންހަޖު މުރާޖަޢާ ކުރުމަށް ބޭއްވި މަހާސިންތާގައި ފާޅުކުރި ޚިޔާލުތަކާއެކު ސިޔާސަތު އެކުލަވާލުމުގެ މަރުޙަލާގައި ކުރަންޖެހޭ މަޝްވަރާތައް ކުރުމަށްފަހު، މަންހަޖަށް ބަދަލުގެންނަ ޖެހިއްޖެނަމަ އެބަދަލު ގެންނަވާނެކަމަށް އެޑިއުކެޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޤައުމީ މަންހަޖު މުރާޖަޢާކުރުމަށް ބޭއްވި މަހާސިންތާގައި ވަނީ އެކިދާއިރާތަކުން ގިނަ ކަރުދާސްތަކެއް ހުށަހަޅާފައެވެ.
2015ވަނަ އަހަރު ތަންފީޒުކުރަން ފަށާފައިވާ ޤައުމީ އައު މަންހަޖު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަމަށް ޙައްލު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މިމަހާސިންތާގައި ވަނީ އައު މަންހަޖުގައި ޙާސިލުކުރަން ބޭނުންވާ 8 އަސާސަށް ވާޞިލުވެވޭ މިންވަރު ދެނެގަނެ އެކަންކަމުން ނުކުންނަ ނަތީޖާތަކާމެދު ވަނީ މަޝްވަރާކޮށްފައި. މަހާސިންތާގެ ބައިވެރިންވަނީ މަންހަޖު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ހުށަހަޅާފައެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިމަހާސިންތާ ނިންމާލުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ، ކޯރޑިނޭޓަރ އާނިޔާ ޢަލީ ވިދާޅުވީ މިމަހަސިންތާއަކީ މިމަންހަޖު މުރާޖަޢާ ކުރުމަށް ފެށި ފުރަތަމަ މަސައްކަތްކަމަށެވެ. އާނިޔާ ވިދާޅުވީ މިމަހާސިންތާގެ ބައިވެރިން ފާޅުކޮށްފައިވާ ޚިޔާލުތަކާއެކު ކުރިއަށްއޮތް ތަނުގައި ޤައުމީ ލެވެލްގައި ނުވަތަ ސިޔާސަތު އެކުލަވާލުމުގެ މަރުޙަލާގައި މަޝްވަރާކުރެއްވުމަށްފަހު ބަދަލުތަކެއް ގެންނަން ޖެހިއްޖެ ޙާލަތެއްގައި އެކަންވެސް ކުރައްވާނެކަމަށެވެ.
"މިމަޝްވަރާ ބައްދަލުވުމުން ލިބުނު މަޢުލޫމާތުގެ އަލީގައި މަޝްވަރާކުރެވެންޖެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށްފަހު ބަދަލުގެނައުމަށް ޖެހިއްޖެނަމަ އެކަމަށް ބާރުއަޅާ މުސްތަގްބަލުގައި އެ ބަދުލަތއް ގެންނާނެކަމަށް އުއްމީދުކުރަން" އާނިޔާ ޢަލީ ވިދާޅުވިއެވެ.
މިމަހާސިންތާގައި ޤައުމީ މަންހަޖު މުރާޖަޢާ ކުރުމާމެދު ބައިވެރިން ވަނީ ތަފާތު ޚިޔާލުތައް ހުށައަޅާފައެވެ.
މިގޮތުން ދަރިވަރުންނަށް ކިޔަވއިދޭންޖެހޭ ވަގުތު ކުޑަކަން ފާހަގަކޮށްފައިވާއިރު ކްލާސްރޫމްތަކުގައި ދަރިވަރުންގެ ޢަދަދު ގިނަވުމުގެ ސަބަބުން މުދައްރިސުންނަށް ކިޔަވައިދިނުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
އަދި ތަންފީޒީ މަރުހަލާގެ ބައެއް މުވައްޒަފުންގެ ތަޖުރިބާ ނެތްކަން ފާހަގަކޮށް ބައިވެރިންވަނީ ވަކިވަކި މާއްދާތަކަށް އިތުރު އެހީ ހޯދައިދިނުމަށް އެދިފައެވެ. މި މަހާސިންތާގައި ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ކީނޯޓް ސްޕީޗްދީ ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. ތަޖުރިބާކާރުން ދެއްވި ކީނޯޓުގައި އަލި އަޅުވާލި ބައެއް ކަންތައްތަކުގެ ތެރޭގައި ފުރތަމަ ކިޔަވައިދޭން ފަށާއިރު މާދަރީ ބަސް ބޭނުންކުރުމާއި ތަރައްޤީއަށް ބޭނުންވާ މީހުން އުފެއްދުމަށް ތަޢުލީމީ ދާއިރާ ހަރުދަނާކުރުންފަދަ ކަންކަން ވަނީ ހިއްސާކޮށްފައެވެ.