ޚަބަރު

ވަޅި ހިފައިގެން ވަދެ ބިދޭސީންތަކެއް އަތުން ފޭރިގަންފި


ބިދޭސީންތަކެއް އުޅޭ ގެޔަކަށް ވަޅި ހިފައިގެން ތިބި ބަޔަކު ވަދެ ގިނަ އަދަދެއްގެ ފައިސާ އާއި ފޯނުތަކެއް ފޭރިގަންފިއެވެ

ފުލުހުން ބުނީ ރޭ ފަތިހު 3:30 ކަންހާއިރު ވަޅި ހިފައިގެން ތިބި ހަތަރު މީހަކު ވަދެފައިވަނީ ގަލޮޅުގައި ހުންނަ ގެއަކަށްކަމަށެވެ. އަދި އެގޭގައި ދިރިއުޅޭ ބިދޭސީންތަކަކަށްކަށް ވަޅިން ބިރު ދައްކާ އެ މީހުންގެ އަތުން 6000 ވުރެ ގިނަ ރުފިޔާ އާއި ތިން ފޯނު ފޭރިގަންފައިވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.

ފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ދާދިފަހުންވެސް ވަނީ މި ފަދަ ބައެއް ހާދިސާތައް ހިނގާފެއެވެ.