ޚަބަރު

އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ ސެމީ ޓީމްތަށް ދަތުރުކޮށްފި


އިންޓަރ އޮފީސް ހޭންޑް ބޯޅަ މުބާރާތުގެ އަންހެން ބައިގެ ސެމީ ފައިނަލުން އައިޖީއެމްއެޗް، މޯލްޑިވްސް އިމިގްރޭޝަން، މިނިސްޓްރީ އޮފް ފިނޭންސް އަދި ސީބީއެމް ޖާގަ ހޯދައިފިއެވެ.

އަންހެން ސެމީ ފައިނަލްގެ ކުއާޓަރ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރީ ޕީއެސްއެމާއި، ފިނޭންސްއެވެ. މި މެޗު ތޭރަ ގޯލު ހަތް ގޯލުން ކާމިޔާބުކުރީ ފިނޭންސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފިނޭންސްގެ ފާތިމަތު ފައިރޫޒާއެވެ.

ކުއާޓަރ ފައިނަލް ދެވަނަ މެޗުގައި ސިވިލް ކޯޓު ސަތާރަ ގޯލް ތިން ގޯލުން ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދީ އައިޖީއެމްއެޗްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އައިޖީއެމްއެޗްގެ ސަންފާ ރިޝްމީ. އިމިގްރޭޝަން ސެމީން ޖާގަ ހޯދީ ކުއާޓަރ ފައިނަލްގައި ސްޓެލްކޯ ސައްބީސް ދޭކުން ބަލިކޮށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިމިގްރޭޝަންގެ ފާތިމަތު ރިޝްމާއެވެ.

ކުއާޓަރ ފައިނަލް ފަހު މެޗުގައި ކަސްޓަމާއި ސީބީއެމް ވާދަކޮށް އެކާވީސް ސަތާރައިން މެޗު ކާމިޔާބުކުރީ ސީބީއެމްއެވެ. މެޗު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީބީއެމްގެ ފާތިމަތު އަރުޝާއެވެ.
އަންހެން ބައިގެ ސެމީ ފައިނަލް ދެ މެޗު ކުޅޭނީ މިރެއެވެ.