ޚަބަރު

މަތިވެރީގެ ގެސްޓު ހައުސްއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު 2 މީހަކު ހައްޔަރުކޮށްފި


އއ.މަތިވެރީގެ ގެސްޓްހައުސްއަކުން، ގިނަ އަދަދެއްގެ ބަނގުރަލާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަތިވެރީގެ ގެސްޓް ހައުސްއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 21:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ގެސްޓްހައުސްއެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާކަމަށެވެ.

އެގޮތުން އެ ގެސްޓުހައުސްއިން 70 އަށްވުރެން ގިނަ ބަނގުރާފުޅި އާއި ބަނގުރާކަމަށް ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުސްކޮށްފައިވާ ގިނަ ޢަދަދެއްގެ ފުޅި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން 18 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.