ޚަބަރު

އިންޓަސްކޫލް ވޮލީބޯޅަ މުބާރާތުގެ ޒޯން 8 މިމަހުގެ 26ގައި ފަށަން ނިންމައިފި



އަތޮޅުތަކުގައި ބާއްވާ އިންޓަރ ސްކޫލް ވޮލީ މުބާރާތުގެ ޒޯން އަށެއް މިމަހުގެ ސައްބީހުގައި ފަށަން ވީއޭއެމުން ނިންމައިފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުންވަނީ މިއަހަރު އިންޓަރ ސްކޫލް މުބާރާތްތައް އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ބާއްވަން ނިންމާފައެވެ. އެއީ އަތޮޅުތެރޭގެ ގިނަ ސްކޫލްތަކަށް އިންޓަރ ސްކޫލް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ. މިގޮތުން އައްޑޫ ސީޓީއާއި ފުވައްމުލައް ހިމެނޭ ޒޯން އަށެއްގެ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް މިމަހުގެ 26ވަނަ ދުވަހު ބާއްވަންވަނީ ނިންމާފައެވެ.

މާލޭގައި އޮތް އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްމާއިލް ރިފާއު ބުނީ އަތޮޅުތަކުގެ ސްކޫލްތަކުގައި ވޮލީގެ ހުނަރު އޮތް މިންވަރު ދާދި ފަހުން ނިމުނު މުބާރާތުން އިނގޭކަމަށާއި، އަތޮޅުތަކުގައި ބާއްވާ އިންޓަރ ސްކޫލް މުބާރާތަކީ މުހިންމު މުބާރާތެއްކަމަށެވެ. އައްޑޫ ސިޓީގައި ބާއްވާ މުބާރާތައް އެ ސަރަހައްދުގެ ސްކޫލްތަކަށް މިހާރު ދައުވަތު ފޮނުވާފައިވާކަމަށާއި، ސްކޫލްތަކުން ތައްޔާރީތައް ފަށާފައިވާކަމަށް އިސްމާއިލް ރިފާއު ބުންޏެވެ.