ޚަބަރު

ޖަރުމަން ލީގު ކަޕްގެ ސެމީ ފައިނަލުން ބަޔާން މިޔުނިކާއި ވާޑަރ ބްރޭމަން ޖާގަ ހޯދައިފި



ޖަރުމަން ލީގު ކަޕްގެ ސެމީ ފައިނަލުން ބަޔާން މިޔުނިކާއި ވާޑަރ ބްރޭމަން ޖާގަ ހޯދައިފިއެވެ.

18ފަހަރު ލީގް ކާމިޔާބުކޮށްފައިވާ ބަޔާން މިޔުނިކުން ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓަރ ފައިނަލްގައި ޖަރުމަން ދެވަނަ ޑިވިޝަންގެ ހެއިޑެންހެއިމް ފަހެއް ހަތަރަކުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ބަޔާނުންނެވެ. މި ލަނޑު ޖަހައިދިނީ ލިއޮން ގްރެޓްޒްކާއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހެއިޑެންހެއިމުން ދެ ގޯލް ޖަހައި މެޗުގެ ލީޑް ނެގިއެވެ. މި ދެ ލަނޑު ޖަހައިދިނީ ރޮބާޓް ގްލަޓްޒެލް އަދި ޝްނަޓަރާރއެވެ.

ދެވަނަ ހާފު ބަޔާނުން ފެށި ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ކުޅެން އަރުވައިގެންނެވެ. މިގޮތުން ދެވަނަ ހާފުގެ ބާރަ މިނެޓުގެ ތެރޭގައި ބަޔާނުންވަނީ ތިން ލަނޑު ޖަހާފައިއެވެ. މި ތިން ލަނޑު ޖަހައިދިނީ ތޯމަސް މުލާ، ރޮބާޓް ލެވަންޑޯވްސްކީ އަދި ސާޖް ނާބްރީއެވެ.

ހެއިޑެންހެއިމްގެ ފޯވާޑް ގްލަޓްޒެލްވަނީ ޖެހިގެން އައި ދިހަ މިނެޓުގައި ދެ ގޯލް ޖަހައި ނަތީޖާ ހަތަރެއް ހަތަރަކަށް ބަދަލްކޮށްފައިއެވެ. ބަޔާން މެޗުން މޮޅުވީ 83ވަނަ މިނެޓުގައި ލެވަންޑޯވްސްކީ ކާމިޔާބުކުރި ޕެނަލްޓީންނެވެ.

ޖަރުމަން ކަޕްގައި ރޭ ޝާލްކާއާއި ވާޑަރ ބްރޭމަން ވާދަކުރި މެޗު ދޭއް ސުމަކުން ކާމިޔާބުކުރީ ވާޑަރ ބްރޭމަންއެވެ. މެޗުގައި ބްރޭމަންގެ ދެ ލަނޑު ޖަހައިދިނީ މިލޮޓް ރަޝީޗާ އަދި ޑާވީ ކްލާސަންއެވެ.