ކުޅިވަރު

ޤައުމީ ޓީމްގެ މެނޭޖަރުކަމުން މޯ އިސްތިއުފާދީފި


ޤައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރުކަމުން މުޙައްމަދު އީސާ (މޯ) އިސްތިއުފާދީފިއެވެ.

ސާފް ސުޒުކީ ކަޕްގެ ތަށި މިދިޔަ އަހަރު އުފުލާލި ޓީމްގެ މެނޭޖަރ މުޙައްމަދު އީސާ އިސްތިއުފާދިންކަން އޭނާވަނީ ޕީއެސްއެމް ސްޕޯޓްސްއަށް ކަށަވަރުކޮށްދީފައެވެ.

މޯ ބުނީ މަގާމުން އިސްތިއުފާދިން މައިގަނޑު ސަބަބަކީ އެ މަގާމުގައި ހުރެ ފުޓްބޯޅައިގެ އެހެން ކަންކަމުގައި އުޅެން ހުރަސްތަކެއް ހުރުންކަމަށެވެ. މޯ ބުނީ ޤައުމީ ޓީމުގެ މެނޭޖަރުކަމުން އިސްތިއުފާދިންކަމުގައިވިޔަސް އަބަދުވެސް ފުޓްބޯޅައިގެ އެކި އެކި ކަންކަމުން ފެންނަކަމަށާއި، އިސްތިއުފާދިނީ ބޭނުންވާވަރަށް ފުޓްބޯޅައިގެ ހަރަކާތްތަކުގައި ނޫޅެވޭތީކަމަށެވެ.

ޤައުމީ ޓީމްގެ މެނޭޖަރުކަމާއި މޯ ހަވާލްވީ 2017ވަނަ އަހަރުގެ މާޗްމަހުގައެވެ.

މޯ ބުނީ ޤައުމީ ޓީމްގެ މެނޭޖަރުގެ ގޮތުގައި ކުރެވުނު މަސައްކަތްތަކާއިމެދު ހިތްހަމަޖެހޭކަމަށައި، އެމަގާމުގައި ހުރެ ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާތަކެއްކަމަށެވެ. ފުޓްބޯޅައިގެ އެކި އެކި ކަންކަމުގައި ހަރަކާތްތެރިވާން ބަލާއިރު ގިނަ ކަންތައްތަކެއް ދަސްވެއްޖެކަމަށްވެސް އޭނާ ބުންޏެވެ.

"ހަގީގަތުގަވެސް ވަރަށް ތަފާތު ތަޖުރިބާއެއް މިއީ، ވަރަށް ހަމަ ތަފާތު ކަންކަން ދަސްވެއްޖެ. އިސްތިއުފާދިނަަސް ބޯޅައިގެ ތެރޭގައި އުޅޭނީ. ބޮޑަށް މިކަމުގެ އުޅެލަން އިސްތިއުފާ މިދިނީވެސް"

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ކުރީގެ މެމްބަރު މޯ ފެށުނީއްސުރެ ޓީސީ ސްޕޯޓްސް ކްލަބުގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވިއެވެ. އޭނާ ވަނީ އެ ކްލަބުގެ މެނޭޖަރުކަން ވެސް ކޮށްފައެވެ.