ޚަބަރު

ދައުލަތުން ބަލަހައްޓާ ކުދިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ފަށަނީ


ދައުލަތުން ބަލަހައްޓާ ކުދިންނަށް ޤުރުއާން އުނގަންނައިދީ ދީނީ ޕްރޮގްރާމްތައް ހިންގުމާގުޅޭ އެއްބަސްވުމެއްގައި ޖެންޑަރ މިނިސްޓްރީން އިސްލާމިކް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދައުލަތުން ބަލަހައްޓާ ކުދިންނަށް ކީރިތި ޤުރުއާން އުނގަންނައިދީ ޤުރުއާނަށް އަހުލުވެރިކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމާގުޅޭގޮތުން ވެވުނު މި އެއްބަސްވުމުގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޝިދާތާ ޝަރީފްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓާރ ޝިދާތާ ޝަރީފް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ޤްރުޢާނާބޭހޭ މަޢުލޫމާތުދީ ދީނީ ހޭލުންތެރިކަން އިތުރު ކޮށްދިނުމުގެ ޕުރޮގްރާމްތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ދައުލަތުން ބަލަހައްޓާ ކުދިންގެ ތެރެއިން ލޮލަށް ފެނުމުން މަޙުރޫމުވެފައިވާ ކުދިންނަށް ބްރެއިލް މެދުވެރިކޮށް ޤްރުއާން އުގައިންނާއިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ޖެންޑާރ މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ހިންގާ ޕްރޮގްރާމްތައް ކުރިއަށްގެންދާނީ އެި ބައިތަކަށް ބަހާލައިގެން ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ހިންގާ ފިޔަވައްޗާއި ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ބަލައިގެން ޚަތިމުން ކިޔަވަން ދަސްކޮށްދިނުމާއި، ސޫރަތުއްޟުޙާއިން ފެށިގެން ތިރީގެ ސޫރަތްތައް ހިތުން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ދުޢާތަކާއި ޒިކުރުތައް ދަސްކޮށްދިނުމުގެ އިތުރުން އިސްލާމީ ރިވެތި ބައެއް އަދަބުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ހުޅުމާލެގައި ހުންނަ ފިޔަވަތީގައި 102 ކުދިން ބަލަހައްޓަމުން ދޭއެވެ. އަދި ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 41 ކުދިން ބަލަހައްޓަމުންދޭއެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މި 143 ކުދިންނަށްވެސް ދެއްވާނެކަމަށެވެ.