މިހާރު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި
އިލެކްޝަން އަންނަ ޖޫން މަހުގެ ތޭރަވަނަދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް
ކޮމިޝަނުން ނިންމައިފި.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ
ފުރުސަތު އަންނަ ބުދަ ދުވަހުން ފެށިގެން
މި މަހުގެ އަށާވީސް ވަނަދުވަހާއި ހަމައަށް ކުރިއަށް ގެންދާނެކަމަށް.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ
މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ ފަންސަވީސް އަހަރަށް ޖަލަށް ލާން
ސުޕްރީމް ކޯޓުން ހުކުމްކުރުމުން.