ކުޅިވަރު

14 އަހަރުން ދަށުގެބައިގެ ފައިނަލުން ސ.އަތޮޅު މަދުރަސާ ޖާގަ ހޯދައިފި


މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލަށް ސ.އަތޮޅު މަދުރަސާ ދަތުރުކޮށްފިއެވެ. ސ.އަތޮޅު މަދަރުސާ ފައިނަލަށް ދަތުރުކޮށްފައިވަނީ 10 ޕޮއިންޓް ހޯދައިގެންނެވެ. ގުރޫޕް ސްޓޭޖް ފަހުމެޗް ސ.އަތޮޅު މަދަރުސާ ކާމިޔާބުކޮށްފައިވަނީ ފޭދޫ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެން. މިމެޗް ސ. އަތޮޅު މަދުރަސާ ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ފޭދޫ ސްކޫލުއިންނެވެ. މިލަނޑު އެޓީމްއަށް ޖަހައިދިނީ އަލީ ސަދޫފް ޝިޔާމްއެވެ.
މެޗުގެ ދެވަނަ ހާފްގައި ސ. އަތޮޅު މަދުރަސާގެ ފުރަތަމަ ލަނޑު އެޓީމްއަށް ޖަހައިދިނީ މުހައްމަދް އަޒްވާންއެވެ. އަދި މެޗްގެ 56ވަނަ މިނެޓުގައި ސ. އަތޮޅު މަދުރަސާއަށް ލީޑް ލިބުނީ ފޭދޫ ސްކޫލްގެ ހުސެއިން އާނިޝް ރަޝީދު ބައިކޮޅަށް ޖެހި ލަނޑުންނެވެ. މެޗް ނިމެން މިނެޓްއަކަށް ވެފައިވަނިކޮށް ހުޒެއިމް އަލީ ވަނީ ލަނޑެއްޖަހާ ސ.އަތޮޅު މަދުރަސާއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ސ.އަތޮޅު މަދުރަސާގެ ކޯޗް އަހުމަދު ރަޝީދު ބުނީ ފައިނަލުން ޖާގައެއް ލިބުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި މިއީ ޓީމްގެ ކުޅުންތެރިންގެ ބުރަ މަސައްކަތްކަމަށެވެ.

"ސ.އަތޮޅު މަދުރަސާ 10 ޕޮއިންޓާއިއެކު ފައިނަލަށް މިދިޔައީ އެއްވެސް މެޗަކުން ބަލިނުވެ. މިކާމިޔާބީއަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ސްކޫލުގެ އާބާދީއަކީ ގާތްގަޑަކަށް 300 ހަމަނުވޭ. މިއަދުގެ މެޗު ވަރަށް ރަގަޅަށް ކުޅެވުނު " ސ.އަތޮޅު މަދުރަސާގެ ކޯޗް އަހްމަދް ރަޝީދް ވިދާޅުވިއެވެ.

ފޭދޫ ސްކޫލްގެ ކޯޗް މުހައްމަދު އަލީ ބުނީ މެޗު އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށާއި މިއަންނަ މުބާރާތުގައި މިއަށްވުރެން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ.

""މި މެޗާމެދު ބުނާނީ ކުދިން ވަރަށް ހިތްވަރު ކުރިއޭ. ފޭދޫ ސްކޫލް ވަރަށް މޮޅު. ފޭދޫ ސްކޫލް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އެކުދިން ދެއްކި ކުޅުމަށް ވަރަށް ފަޚުރުވެރިކަމާއެކު ސާބަސްދެން. ފައިނަލަށް ދަތުރު ކުރުމުގެ މިހާރުއޮތް އެންމެ ފަހު ފުރުސަތް އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައީ. އެހެންވީމަ އިތުރު ފުރުސަތެއް އަޅުގަނޑުމެންނަކަށް ނޯންނާން ފައިނަލަށް ދިއުމުގެ. ކުދިން ފައިނަލަށް ދާން އެކުރި މަސައްކަތައް ކޯޗް ވަރަށް ބޮޑަށް ތައުރީފް ކުރަން. އިރާދަކުރެއްވިއްޔާ އަންނަ މުބާރާތެއްގައި މިއަށްވުރެން ރަގަޅު ނަތީޖާއެއް ލިބިގެންދާނެ" ފޭދޫ ސްކޫލްގެ ކޯޗް މުހައްމަދް އަލީ ވިދާޅުވިއެވެ.

މި މުބާރާތުގައި މާދާމާ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ކުޅޭނީ 16 އަހަރުން ދަށުގެ މެޗުތަކެކެވެ. 16 އަހަރުން ދަށުގެ މެޗުގައި ބައްދަލުކުރާނީ ޝަރަފުއްދީން ސްކޫލާއި އިރުޝާދިއްޔާ ސްކޫލެވެ.