އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ހައުސިންގް ޔުނިޓުތަކުގެ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ހައުސިންގެ އެންޑް އާބަން ޑިވެލޮޕްމެންޓް އާމިނަތު އާތިފާ އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް މިނިސްޓަރ އާތިފާ އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި ބޯހިޔާވަހިކަމާ ގުޅުންހުރި ބައެއް ކަންކަމާގުޅޭގޮތުން ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކުރައްވައި، އިމާރާތްކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތަކުގެ މިހާރުގެ ހާލަތު ބައްލަވާލައްވާނެއެވެ.
މިނިސްޓަރގެ މި ދަތުރުފުޅަކީ މަޤާމާއި ހަވާލުވެޑައިގެންނެވުމަށްފަހު އައްޑޫ ސިޓީ އަށް ކުރަށްވަވާ ފުރަތަމަ ދަތުރުފުޅެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން އިމާރާތްކޮށްފައި ހައުސިންގ ޔުނިޓުތަކުގެ ހާލަތު ދެނެގަނެ ހައްޤުވެރިންނަށް އެ ފްލެޓް ލިބޭނެގޮތް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.