ވިޔަފާރި

އެމްއައިބީގެ ފައިސާ ކާޑު ބޭނުންކޮށްގެން ޓްރީޓޮޕްގެ ޚިދުމަތްތައް ލިބޭނެ ގޮތް ހަދައިފި


މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ފައިސާ ކާޑު ބޭނުންކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ތައާރަފްކުރި އެ ޚިދުމަތުގެ ސަބަބުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލް މެދުވެރިކޮށް އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޙިދުމަތްތަކަށް ފައިސާ ކާޑު މިހާރު ބޭނުންކުރެވޭނެއެވެ.

އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ބޭއްވި ހަފްލާގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ، އެ ހޮސްޕިޓަލްގެ ސީއީއޯ ޑޭވިޑް ފެއިންބަރގް އެވެ. އަދި އިސްމާލިކް ބޭންކް ގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއޯއޯ އަޙްމަދު ރިޒާއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެމުން ގެންދިއުން ކަމަށް ޓްރީޓޮޕުން ބުނެއެވެ. އެގޮތުން ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތްތަކެއްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، އާސަންދައިގެ އިތުރުން އެހެނިހެން އިންޝުއަރަންސް ލިބޭގޮތައް ވަނީ ހަމަޖައްސާފައިވާކަން އެހޮސްޕިޓަލުން ފާހަގަކުރެއެވެ.