ޚަބަރު

އޮރިކްސް ބީޗް ހޭންޑްބޯޅަ ޗެލެންޖު މި މަހުގެ 16ގަ ބާއްވަނީ


އޮރިކްސް ހޭންޑްބޯޅަ ކުލަބުގެ ބީޗް ހޭންޑްބޯޅަ ޗެލެންޖު މި މަހުގެ ސޯޅައިގައި ބާއްވަން ނިންމައިފިއެވެ.

ބީޗް ހޭންޑްބޯޅަ ޗެލެންޖަކީ ރަމަޟާން މަހާ ދިމާކޮށް މިދިޔަ އަހަރު ފެށި މުބާރާތެއް. އޮރިކްސްގެ ބީޗް ހޭންޑްބޯޅަ ޗެލެންޖުގެ ފުރަތަމަ މުބާރާތް މިދިޔަ ރަމަޟާން މަހު މާލޭގައި ބޭއްވި ނަމަވެސް ދެވަނަ މުބާރާތް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކ.މާފުށީގައެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްދާނީ މިމަހު ސޯޅައިން ނަވާރައިގެ ނިޔަލަށެވެ. ކޮންމެ ޓީމެއްގައިވެސް 5 ކުޅުންތެރިން ހިމެނޭއިރު، ފިރިހެން ބައިގައި ޓީމަކަށް ގިނަވެގެން ކުޅެވޭނީ ދެ ކުޅުންތެރިންނަށެވެ. އަދި އަންހެން ބައިގައި ކޮންމެ ޓީމެއްގައި ޤައުމީ ޓީމްގެ ތިން ކުޅުންތެރިންނަށް ކުޅެވޭނެއެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މިމަހުގެ ދިހަވަނަ ދުވަހު ފޯމް ހުށަހަޅަން ޖެހޭއިރު، ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކޮންމެ ޓީމެއް އެއް ހާސް ރުފިޔާ ދައްކަން ޖެހޭނެއެވެ. ޗެމްޕިއަން ޓީމަށް ހަތް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، ރަނަރަޕް ޓީމަށް ހަތަރު ހާސްރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އޮރިކްސް ހޭންޑްބޯޅަ ކުލަބުން މައުލޫމާތުދެއެވެ.