ޚަބަރު

އޭދަފުށީގައި ސާފުބޯފެން ފޯރުކޮށްދޭން ފަށައިފި


ބ.އޭދަފުށީގައި ރައްކާތެރިސާފުބޯފެން ފޯރުކޮށްދޭން ފަށައި، ފެންބޭނުން ކުރާނެ އަގުުތައް ކަނޑައަޅައިފިއެވެ.

ފެނަކަ އޭދަފުށީއޮފީހުން ބުނީ މިމަހުގެ އެއްވަނަ ދުވަހުނފެށިގެން ފެން ދޫކޮށްފައިވާކަމަށެވެ. އަދި މިމަހު ފެން ބޭނުން ކުރާނަމަ ބިލް ކުރާނެކަމަށް ފެނަކައޭދަފުށީ އޮފީހުން ވިދާޅުވެއެވެ.

އޭދަފުށީގައި ރައްކާތެރި ސާފުބޯފެން ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަގުތަކަކީ:


މީހުން ދިރިއުޅޭ ތަންތަން:

  • ދުވާލަކަށް ބޭނުންކުރާ މިންވަރު 100 ލީޓަރަށްވުރެ ދަށް ނަމަ ޓަނަކަށް (30 ދުވަހަށް) 22ރ.
  • ދުވާލަކަށް ބޭނުންކުރާ މިންވަރު 101-200 ލީޓަރުނަމަ ޓަނަކަށް (30 ދުވަހަށް) 70ރ
  • 201 ލީޓަރަށްވުރެ ގިނައިން ނަމަ ޓަނަކަށް 95ރ.


ފެން ވިއްކާ ފެން އިސްކުރުން ފެން ވިއްކާ އަގު:

ލީޓަރަކަށް 10 ލާރި


ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއި ވިޔަފާރިކުރާ ތަންތަން:

  • ދުވާލަކަށް 100 ލީތަރަށްވުރެ މަދުންނަމަ ޓަނަކަށް (30 ދުވަހަށް) 100ރ.
  • ދުވާލަކަށް 101-200 ލީޓަރުނަމަ ޓަނަކަށް (30 ދުވަހަށް) 125ރ.
  • 201 ލީޓަރަށްވުރެ މަތިން ޓަނަކަށް 135ރ.


ނިމިދިޔަ ސަރުކާރުން އޯޕެކް ފަންޑްފޯ އިންޓަރނޭޝަނަލް، އޯފިޑް އާ ސަރުކާރުން ގުޅިގެން ކުރިއަށްގެންދިޔަ މިމަސްރޫގެ ދަށުން އޭދަފުށީގައިވަނީ 192 ޓަނުގެ ފެން އުފެއްދޭ އާރު.އޯ ޕްލާންޓްއެއް ބަހައްޓާފައެވެ. އަދި 16 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ގާއިމްކޮށް، ފެނުގެ ޙިދުމަތަށް އެދުނު ހުރިހާ ގެއަކަށްވަނީ ހިލޭ ކަނެކްޝަން ގުޅައިދީފައެވެ.